Newscast
ހަބަރު

ޤަވާއިދާ ހިލާފަށް މަގު ހުރަސްކުރާނަމަ މިއަދުން ފެށިގެން 100 ރުފިޔާގެ ޖޫރިމަނާއެއް!

ލިޔުނީ: އަހުމަދު އާހިލް ސައީދު 31 Aug 2026
ޤަވާއިދާ ހިލާފަށް މަގު ހުރަސްކުރާނަމަ މިއަދުން ފެށިގެން 100 ރުފިޔާގެ ޖޫރިމަނާއެއް!
ބޮޑުތަކުރުފާނުމަގު؛ ފޮޓޯ / އެމްޓީސީސީ

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހުށަހެޅުއްވި މި ބިލު ކޮމިޓީ މަރުޙަލާގައި ބޮޑެތި އިޞްލާޙުތައް ގެނެސް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެއެވެ. މި ޤާނޫނާ އެކު 2009 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އުވޭނެއެވެ.

މާލެ ސަރަޙައްދަށް ޚާއްޞަ ޓްރެފިކް އުސޫލުތަކަކާއި ޖޫރިމަނާގެ ބޮޑެތި ބަދަލުތަކެއް ހިމެނޭ ގޮތަށް ފަރުމާކޮށް މަޖިލީހުން ފާސްކުރި އެއްގަމު ދަތުރުފަތުރުގެ އާ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހުށަހެޅުއްވި މި ބިލު ކޮމިޓީ މަރުޙަލާގައި ބޮޑެތި އިޞްލާޙުތައް ގެނެސް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެއެވެ. މި ޤާނޫނާ އެކު 2009 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އުވޭނެއެވެ.

އާ ޤާނޫނުގެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ ފަރާތްތައް 100 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތް ހެދުން ހިމެނެއެވެ. މަގު ހުރަސްކުރުމާ ގުޅޭ ތަފްޞީލީ ހަމަތައް ވުޒާރާއިން ޤާނޫނަށް ޢަމަލުކުރަން ފެށުމާ އެކު ހަ މަސް ތެރޭގައި ޤަވާއިދެއް ހަދައި ޢާންމުކުރަން ލާޒިމުކޮށްފައިވެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ޕާކިން ސްލޮޓެއްގައި އެ ނޫން ފަރާތެއް ޕާކުކޮށްފި ނަމަ 2004 ރުފިޔާ އިން ޖޫރިމަނާކޮށް ޑީމެރިޓް ޕޮއިންޓް ރެކޯޑު ކުރެވޭނެއެވެ. ސައިކަލް ފަދަ އުޅަނދުތަކުގައި ކަނޑައެޅިފައިވާ ޢަދަދަށް ވުރެ ގިނައިން މީހުން އުފުލައިފި ނަމަ މިހާރުގެ 500 ރުފިޔާގެ ޖޫރިމަނާ 750 ރުފިޔާ އަށް ބޮޑުކޮށްފައިވެއެވެ. ހަމައެހެންމެ ދުއްވަމުން ނުވަތަ ޢާންމު ދަތުރުފަތުރުގައި ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތައް 750 ރުފިޔާ އާއި 1000 ރުފިޔާ އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ޤާނޫނުގައި މާލެ ސަރަޙައްދަށް ޚާއްޞަ ބާބެއް ފުރަތަމަ ފަހަރަށް ހިމަނައި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހެއް އުފައްދަން ލާޒިމުކޮށްފައިވެއެވެ. އެ އޮފީހުން މާލެ ސަރަޙައްދުގައި ރަޖިސްޓަރީކުރެވޭ އުޅަނދުގެ ޢަދަދު ކަނޑައަޅައި ޓްރެފިކް ފުލުހުން ހިންގާ ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރާނެއެވެ. އެއާ އެކު ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑުގެ ނަމުގައި ފަންޑެއް ވެސް ޤާއިމުކުރެވޭނެއެވެ.

ފާހަގަކޮށްލެވޭ އަނެއް ބޮޑު ބަދަލަކީ އެއް ފަރާތެއްގެ ނަމުގައި އެއް ބާވަތެއްގެ ދެ އުޅަނދަށް ވުރެ ގިނައިން ރަޖިސްޓަރީ ކޮށްފައިވާ ނަމަ އިތުރުވާ ކޮންމެ އުޅަނދަކަށް މަލްޓިޕަލް އޯނާޝިޕް ފީއެއް ނެގުމެވެ. ސައިކަލް ފަދަ ތަކެތިން 360 ރުފިޔާ އާއި 17280 ރުފިޔާ އާ ދެމެދު ކާރު ޖީޕް ފަދަ ތަކެތިން 4320 ރުފިޔާ އާއި 22680 ރުފިޔާ އާ ދެމެދު ލޮރީ ޕިކަޕް ފަދަ ބަރު އުޅަނދުތަކުން 3600 ރުފިޔާ އާއި 15000 ރުފިޔާ އާ ދެމެދުގެ ފީ އިންޖީނު ކެޕޭސިޓީ އަށް ބަލައި ނެގޭނެއެވެ.

އުޅަނދުގެ ޢުމުރާ ގުޅޭ ގޮތުން ޤާނޫނުގައި ބުނެފައިވާ ގޮތުން ޚާއްޞަ ގިންތީގެ ތާރީޚީ އުޅަނދު ފިޔަވައި ދެން ހުރި ހުރިހާ އުޅަނދެއް ބޭނުންކުރެވޭނީ އުފެއްދި ތާރީޚުން ފެށިގެން 20 އަހަރަށެވެ. އެ މުއްދަތު ހަމަވުމުން ނޯޓިސް ދީ ރަޖިސްޓަރީ ބާޠިލުކުރެވޭނެއެވެ. އޭގެ އިތުރުން ބައެއް ބާވަތުގެ އުޅަނދުގެ އަހަރީ ފީ ދެ ގުނައަށް ބޮޑުކޮށް އުޅަނދުގައި އަމިއްލަ ނަންބަރު ޖެހުމުގެ ފީ ހަތަރު ފުރޮޅުލީ އުޅަނދަކަށް 350000 ރުފިޔާ އާއި 800000 ރުފިޔާ އާ ދެމެދު އެ ނޫން އުޅަނދަކަށް 200000 ރުފިޔާ އާއި 500000 ރުފިޔާ އާ ދެމެދުގެ ޢަދަދަކަށް ކަނޑައަޅައިފައިވެއެވެ.

މީގެ އިތުރުން މި ޤާނޫނުން އިންޝުއަރެންސް ނެތި އެއްވެސް އެއްގަމު އުޅަނދެއް ދުއްވުން މަނާކޮށް އެއާ ޚިލާފުވެއްޖެ ނަމަ 1000 ރުފިޔާ އާއި 3000 ރުފިޔާ އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ލައިސެންސް ޑީމެރިޓް ސިސްޓަމެއް ތަޢާރަފުކުރަން ފުލުހުންނަށް މަތިކޮށް ޤާނޫނަށް ޢަމަލުކުރަން ފެށުމާ އެކު ދެ އަހަރު ތެރޭގައި އެ ސިސްޓަމް ބޭނުންކުރަން ވެސް ލާޒިމުކޮށްފައިވެއެވެ. ޑީމެރިޓް ޕޮއިންޓް ވަކި ޢަދަދަކަށް އެރުމުން ޑްރައިވާ އެޑިއުކޭޝަން ޕްރޮގްރާމަކުން ފާސްވަންދެން ލައިސެންސް ހިފެހެއްޓުމުގެ ބާރު ޓްރާންސްޕޯޓް ވުޒާރާ އަށް ލިބޭ އިރު ދެ އަހަރު ތެރޭ އިތުރު ކުށެއް ނުކުރާ ނަމަ ޕޮއިންޓުތައް އުނިކުރެވޭނެއެވެ. ހަމައެހެންމެ ޤައުމީ ރޯޑް ސޭފްޓީ ކައުންސިލެއް 30 ދުވަހުގެ ތެރޭގައި އަދި ޤައުމީ އެއްގަމު ދަތުރުފަތުރުގެ ސްޓްރެޓެޖީއެއް ހަ މަސް ތެރޭގައި އެކުލަވައިލަން ވެސް މި ޤާނޫނުން ލާޒިމުކޮށްފައިވެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އިހަވަންދޫ ދޯނިތަކުން މަހަށް ދާ ދިވެހިން މަދުވެ ބިދޭސީން އިތުރުވެއްޖެ
ހަބަރު 31 Aug 2026

އިހަވަންދޫ ދޯނިތަކުން މަހަށް ދާ ދިވެހިން މަދުވެ ބިދޭސީން އިތުރުވެއްޖެ

އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ ޢަލީ ވިދާޅުވި ގޮތުގައި ކޮންމެ ދޯންޏެއްގައި ވެސް ދިވެއްސެއްގެ ގޮތުގައި ގިނަ ވެގެން ތިބެނީ ދެ މީހެކެވެ. ބައެއް ދޯނީގައި ކެޔޮޅު ފިޔަވައި ދެން ތިބީ ހައްތާ ވެސް ބޭރު މީހުންނެވެ.

އަމާންއުދަރެސް ޓަވަރުގެ ތިންވަނަ ބުރިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ
ހަބަރު 31 Aug 2026

އަމާންއުދަރެސް ޓަވަރުގެ ތިންވަނަ ބުރިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:35 ހާއިރުއެވެ.

ރިސޯޓުތަކުގެ އާމްދަނީ އޮޅުވައިލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި
ހަބަރު 31 Aug 2026

ރިސޯޓުތަކުގެ އާމްދަނީ އޮޅުވައިލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ލޯނު ދައްކައި މުވައްޒަފުންނަށް މުސާރަ ދީ ދުވަހުގެ ހިންގުމުގެ ޚަރަދުތައް ކެނޑުމަށް ފަހު ވެސް 40 އިންސައްތަ މާރުކުރެވޭނެ ތަނަވަސްކަން ކޮންމެ ރިސޯޓެއްގައި ވެސް ހުންނާނެ ކަމަށެވެ.

ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި
ހަބަރު 31 Aug 2026

ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޖުލައި މަހު މުދަލު ޒަކާތުން ލިބުނު ފައިސާ 17 މިލިއަނަށް އަރައިފި
ހަބަރު 31 Aug 2026

ޖުލައި މަހު މުދަލު ޒަކާތުން ލިބުނު ފައިސާ 17 މިލިއަނަށް އަރައިފި

ޒަކާތު ހައުސް ގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުން ލިބިފައި ވަނީ 12.04 މިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަރުން އަހަރަށް ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ޢަދަދެއް އިތުރުވެފައިވެއެވެ.

ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުމަށް އިމުގާ މެދުވެރިކޮށް ހުށަހެޅުމަށް އިމިގްރޭޝަނުން އަންގައިފި
ހަބަރު 31 Aug 2026

ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުމަށް އިމުގާ މެދުވެރިކޮށް ހުށަހެޅުމަށް އިމިގްރޭޝަނުން އަންގައިފި

2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ސަޕްލައިކުރަމުން އަންނަ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސްގައި ބޭނުންކުރާ މެޝިންތަކަށް މައްސަލައެއް ދިމާވެ ބުކްލެޓް ފޮނުވުން ލަސްވުމުގެ ސަބަބުން ސްޓޮކް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެ ހާލަތުގައި ސްޓޮކް ބެލެހެއްޓުމަށްޓަކައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ.