އީރާނުގެ އިންޤިލާބީ ލަޝްކަރުން ނިރުބަވެރި ގުރޫޕެއް ނައްތައިލައި ހަ މީހަކު ހައްޔަރުކޮށްފި
އައިއާރްޖީސީގެ ޤުދްސް ލަޝްކަރުގެ މައި މަރުކަޒުން ނެރުނު ބަޔާނުގައި ބުނާ ގޮތުން ޕާކިސްތާނާއި އީރާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީ ސަރާވާން ސަރަޙައްދުގައި ހިންގި މި އޮޕަރޭޝަންގައި އެ ގުރޫޕުގެ އެކަކު މަރުވެފައިވެއެވެ. ޕުރޮވިންސުގެ ޖާސޫސީ އިދާރާއާއި އައިއާރްޖީސީގެ ޖާސޫސީ ގޮފީގެ އިތުރުން ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނު ހަ މީހުންގެ ތެރޭގައި ގުރޫޕުގެ މެންބަރުންނާއި އެ މީހުންނަށް ވާގިވެރިވި ފަރާތްތައް ހިމެނޭ ކަމަށް އައިއާރްޖީސީން ބުނެއެވެ.
އީރާނުގެ ސިސްތާން-ބަލޫޗިސްތާން ޕުރޮވިންސުގައި ސިލްސިލާ ހަމަލާތަކެއް ދިނުމަށް ރާވަމުން ދިޔަ އެމެރިކާއާއި އިސްތިއުމާރީ އިސްރާއީލާ ގުޅުން އޮތް ކަމަށް ބުނާ ނިރުބަވެރި ގުރޫޕެއް ޚާއްޞަ އޮޕަރޭޝަނެއްގައި ހުއްޓުވައި އެ ގުރޫޕުން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ހާމަކޮށްފިއެވެ.
އައިއާރްޖީސީގެ ޤުދްސް ލަޝްކަރުގެ މައި މަރުކަޒުން ނެރުނު ބަޔާނުގައި ބުނާ ގޮތުން ޕާކިސްތާނާއި އީރާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީ ސަރާވާން ސަރަޙައްދުގައި ހިންގި މި އޮޕަރޭޝަންގައި އެ ގުރޫޕުގެ އެކަކު މަރުވެފައިވެއެވެ. ޕުރޮވިންސުގެ ޖާސޫސީ އިދާރާއާއި އައިއާރްޖީސީގެ ޖާސޫސީ ގޮފީގެ އިތުރުން ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނު ހަ މީހުންގެ ތެރޭގައި ގުރޫޕުގެ މެންބަރުންނާއި އެ މީހުންނަށް ވާގިވެރިވި ފަރާތްތައް ހިމެނޭ ކަމަށް އައިއާރްޖީސީން ބުނެއެވެ.
އޮޕަރޭޝަންގެ ތެރެއިން ގޮވާތަކެތި ހިމެނޭ 20 ޕެކޭޖަކާއި ގިނަ ޢަދަދެއްގެ ހަތިޔާރުގެ އިތުރުން އެ ގުރޫޕުން މުވާޞަލާތީ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ސްޓާލިންކް މަރުކާގެ ސާމާނުވެސް އަތުލައިގެންފައިވާ ކަމަށް އައިއާރްޖީސީން ބުނެއެވެ.
އެ ލަޝްކަރުން ސިފަކުރާ ގޮތުގައި މި ގުރޫޕު ހަރަކާތްތެރިވީ ފެބްރުއަރީ 28 ގައި އެމެރިކާއާއި ޔަހޫދީ ދައުލަތް ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރެއިންނެވެ.
އެ ހަނގުރާމައިގައި އެމެރިކާއިން އީރާނުގެ އަސްކަރީ އަދި ނިއުކްލިޔަރ ތަންތަނާއި ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކާއި އުމްރާނީ ވަސީލަތްތަކަށް ހަމަލާ ދީފައިވާއިރު ރައްދުގައި އީރާނުން ވަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި އިސްތިއުމާރީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހަނގުރާމަ ނިންމުމަށް ޖޫން މަހު ދެ ފަރާތުން ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ އެއްބަސްވުން ރޫޅައިލައިފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް