Newscast
ހަބަރު

އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނު ބައްޓަންކުރީ ކުރީގެ ތަޖުރިބާއަށް ބިނާކޮށް ކަމަށް ރައީސް ވިދާޅުވެއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 31 Aug 2026
އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނު ބައްޓަންކުރީ ކުރީގެ ތަޖުރިބާއަށް ބިނާކޮށް ކަމަށް ރައީސް ވިދާޅުވެއްޖެ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް

އެ ޤާނޫނާއެކު ޖުމްލަ ހަތް ބިލެއް ތަޞްދީޤުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤާނޫނުގެ ދަށުން އުފައްދާ އައު އޮފީހަށް ފުޅާ ބާރުތަކާއި ޒިންމާތައް ލިބިގެންދާނެ ކަމަށެވެ. އެ ނިންމެވުމަކީ ވަރަށް ގިނަ އަހަރުތަކެއްގެ ތަޖުރިބާގެ ނަތީޖާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ޓްރެފިކާ ގުޅޭ ޒިންމާތައް ހިންގުމަށް ވަކި އޮފީހެއް ޤާއިމުކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އެކުލަވައިލީ އެކި މަޤާމުތަކުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ލިބިވަޑައިގެންނެވި ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ ޤާނޫނާއެކު ޖުމްލަ ހަތް ބިލެއް ތަޞްދީޤުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤާނޫނުގެ ދަށުން އުފައްދާ އައު އޮފީހަށް ފުޅާ ބާރުތަކާއި ޒިންމާތައް ލިބިގެންދާނެ ކަމަށެވެ. އެ ނިންމެވުމަކީ ވަރަށް ގިނަ އަހަރުތަކެއްގެ ތަޖުރިބާގެ ނަތީޖާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ދެން ވަރަށް ގިނަ އަހަރުގެ ތަޖުރިބާއިން އަޅުގަނޑުމެން ކުރި ކަމެއް. އަޅުގަނޑު އެކި ފަހަރު މަތިން އެ ކި ހައިސިއްޔަތުން ކުރީގައި މާލޭގެ މި ޓްރެފިކް މައްސަލައާއި މަގުތަކާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރިން. އެ ކަންކަމުގެ ތަޖުރިބާގެ އަލީގައި މި އިސްލާހު މި ގެނައީ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ޤާނޫނުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ރައްކާތެރިކަމެއް ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ތާއީދާ އެކުގައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނެވެ. ހަތް ބާބެއްގެ މައްޗަށް ހުށަހެޅި ބިލަށް ކޮމިޓީ މަރުޙަލާގައި "މާލެ ސަރަހައްދަށް ހިނގާ ހާއްސަ އުސޫލު" ގެ ނަމުގައި އަށްވަނަ ބާބެއް އިތުރުކޮށްފައިވެއެވެ. އެ ބާބު ހިމެނީ މާލެ ސަރަހައްދުގައި އާބާދީ ބޮޑުވެ އުޅަނދުތައް ގިނަވުމުން ޓްރެފިކް މެނޭޖްކުރުމަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ބޭނުމުގައެވެ.

ޤާނޫނުގެ ދަށުން "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް އުފައްދައި އެ އޮފީހަށް ގަވާއިދު ހެދުމުގެ ބާރު ވެސް ލިބިގެންދާނެއެވެ. މާލެ ސަރަހައްދާ ބެހޭ ޚާއްޞަ ބާބު ހެދީ ތިން އަހަރުގެ ތެރޭގައި އުވިގެންދާ (ސަންސެޓް) ބާބެއްގެ ގޮތުގައެވެ. ނަމަވެސް އެ މުއްދަތުގައި ބާބުގެ މަޤުޞަދު ޙާޞިލު ނުވެއްޖެ ނަމަ ނެޝަނަލް ރޯޑް ސޭފްޓީ ކައުންސިލަށް ހުށަހަޅައިގެން މުއްދަތު ދެމިގެންދާ ގޮތަށް ބިލުގައި ކަނޑައަޅާފައިވެއެވެ.

މި އައު އޮފީހަށް މިހާރު މާލޭ ސިޓީ ކައުންސިލްގެ ދަށުގައި ހުރި ގިނަ ޒިންމާތަކާއި އެ ކަންކަމާ ގުޅޭ އާމްދަނީ ބަދަލުކުރާ ގޮތަށް ބިލުގައި އޮތުމުން ކޮމިޓީ ރިޕޯޓުގެ ބަހުސް މަރުޙަލާގައި އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އިހަވަންދޫ ދޯނިތަކުން މަހަށް ދާ ދިވެހިން މަދުވެ ބިދޭސީން އިތުރުވެއްޖެ
ހަބަރު 31 Aug 2026

އިހަވަންދޫ ދޯނިތަކުން މަހަށް ދާ ދިވެހިން މަދުވެ ބިދޭސީން އިތުރުވެއްޖެ

އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ ޢަލީ ވިދާޅުވި ގޮތުގައި ކޮންމެ ދޯންޏެއްގައި ވެސް ދިވެއްސެއްގެ ގޮތުގައި ގިނަ ވެގެން ތިބެނީ ދެ މީހެކެވެ. ބައެއް ދޯނީގައި ކެޔޮޅު ފިޔަވައި ދެން ތިބީ ހައްތާ ވެސް ބޭރު މީހުންނެވެ.

އަމާންއުދަރެސް ޓަވަރުގެ ތިންވަނަ ބުރިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ
ހަބަރު 31 Aug 2026

އަމާންއުދަރެސް ޓަވަރުގެ ތިންވަނަ ބުރިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:35 ހާއިރުއެވެ.

ރިސޯޓުތަކުގެ އާމްދަނީ އޮޅުވައިލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި
ހަބަރު 31 Aug 2026

ރިސޯޓުތަކުގެ އާމްދަނީ އޮޅުވައިލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ލޯނު ދައްކައި މުވައްޒަފުންނަށް މުސާރަ ދީ ދުވަހުގެ ހިންގުމުގެ ޚަރަދުތައް ކެނޑުމަށް ފަހު ވެސް 40 އިންސައްތަ މާރުކުރެވޭނެ ތަނަވަސްކަން ކޮންމެ ރިސޯޓެއްގައި ވެސް ހުންނާނެ ކަމަށެވެ.

ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި
ހަބަރު 31 Aug 2026

ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޤަވާއިދާ ހިލާފަށް މަގު ހުރަސްކުރާނަމަ މިއަދުން ފެށިގެން 100 ރުފިޔާގެ ޖޫރިމަނާއެއް!
ހަބަރު 31 Aug 2026

ޤަވާއިދާ ހިލާފަށް މަގު ހުރަސްކުރާނަމަ މިއަދުން ފެށިގެން 100 ރުފިޔާގެ ޖޫރިމަނާއެއް!

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހުށަހެޅުއްވި މި ބިލު ކޮމިޓީ މަރުޙަލާގައި ބޮޑެތި އިޞްލާޙުތައް ގެނެސް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވެއެވެ. މި ޤާނޫނާ އެކު 2009 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އުވޭނެއެވެ.

ޖުލައި މަހު މުދަލު ޒަކާތުން ލިބުނު ފައިސާ 17 މިލިއަނަށް އަރައިފި
ހަބަރު 31 Aug 2026

ޖުލައި މަހު މުދަލު ޒަކާތުން ލިބުނު ފައިސާ 17 މިލިއަނަށް އަރައިފި

ޒަކާތު ހައުސް ގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުން ލިބިފައި ވަނީ 12.04 މިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަރުން އަހަރަށް ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ޢަދަދެއް އިތުރުވެފައިވެއެވެ.