މައިގަނޑު ބަޔަށް ދާން

ހަބަރު

ފުވައްމުލަކު ބޮޑުފަންނު ކައިރީ ލޯންޗަކާއި ޑިންގީއެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

ޏ. ފުވައްމުލަކު ބޮޑުފަންނާ ދިމާލު ކަނޑުމަތީގައި ރޭ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.

އަޙްމަދު އާހިލް ސަޢީދު

ފުވައްމުލަކު ބޮޑުފަންނު ކައިރީ ލޯންޗަކާއި ޑިންގީއެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

ޏ. ފުވައްމުލަކު ބޮޑުފަންނާ ދިމާލު ކަނޑުމަތީގައި ރޭ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، "ސަދަން ސްޕޯޓްސް ފިޝިންގ" ނަމަކަށް ކިޔާ ލޯންޗު ދުއްވާފައި ދަނިކޮށް ބޮޑުފަންނު ކައިރީ މަޑުކޮށްގެން އޮތް ޑިންގީއެއްގައި ޖެހިގެން މި ހާދިސާ ހިނގީ ކަމަށް ތަޙުޤީޤަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން ދައްކައެވެ. އެކްސިޑެންޓް ހިނގި ވަގުތު ޑިންގީގައި ތިން މީހަކު ތިބިއިރު، އޭގެ ތެރެއިން ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

ބޮޑަށް އަނިޔާވި މީހާގެ ބޮލަށާއި މޭ ކަށިގަނޑަށް ގެއްލުން ލިބިފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ. ހާދިސާ ހިނގުމާ އެކު ލޯންޗުގައި ތިބި ފަރާތްތަކުން ޑިންގީގައި ތިބި މީހުން ލޯންޗަށް ނަގައިގެން ފުވައްމުލަކަށް ގެނެސް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ހާދިސާގައި ޑިންގީގެ ދިރުނބާކޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާ އިރު، ލޯންޗަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.