މައިގަނޑު ބަޔަށް ދާން

ހަބަރު

މާލެސިޓީގައި ދެ ޕާކިން ބިލްޑިން އަޅައި އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަން އަމާޒު ހިފައިފި

މާލޭގެ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް ތަރައްޤީކުރާ ޕާކިން ބިލްޑިންތައް އަންނަ އަހަރުގެ ނޮވެންބަރު މަހަށް ނިންމައިލެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

އަޙްމަދު އާހިލް ސަޢީދު

މާލެސިޓީގައި ދެ ޕާކިން ބިލްޑިން އަޅައި އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަން އަމާޒު ހިފައިފި

މާލޭގެ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް ތަރައްޤީކުރާ ޕާކިން ބިލްޑިންތައް އަންނަ އަހަރުގެ ނޮވެންބަރު މަހަށް ނިންމައިލެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހީނާމާގެ ޕާކިން ބިލްޑިން އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ. އެ މަޝްރޫޢުގެ ކޮންޓްރެކްޓަރާ އެކު އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ސޯސަންމަގުގައި ޔުނިވާސިޓީއާ ޖެހިގެން އޮތް ބިމުގައި ވެސް ޕާކިން ބިލްޑިންއެއް އެޅުމަށް ނިންމާފައިވާ ކަމަށާއި، އެ މަޝްރޫޢުގެ ފަހު މަރުހަލާ މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސޯސަންމަގުގައި ޔުނިވަރސިޓީއާ ޖެހިގެން އޮތް ބިމުގައިވެސް ޕާކިން ބިލްޑިންއެއް އެޅުމަށް މިވަނީ ނިންމަވާފައި. އިއްޔެ ދެން އަޅުގަނޑުމެންނަށް މިވަނީ މިކަމުގެ އެންމެ ފައިނަލް މަރުހަލާތައް ނިމި، އިންތިޒާރު މިކުރަނީ މާގިނަ ދުވަހެއްނުވެ ކޮންޓްރެކްޓަރަކާ ހަވާލުކުރެވިގެންދާނެ ކަމަށް، ޓާގެޓަކީ ދެ ބިިލްޑިންގެ މަސައްކަތްތައްވެސް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމާލުން."

މިނިސްޓަރު ވިދާޅުވީ މާލޭގެ ހަނި މަގުތަކުގެ ޑިޒައިނަށް ބަދަލު ގެނެސް ޕާކު ކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހެދުމަށް ހަތަރު މަގެއްގެ ޑިޒައިނަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ މަގުތައް ކުރެހުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ހުޅުމާލެއާއި ވިލިމާލެ ހިމެނޭ ގޮތަށް ޖުމްލަ ހަތް ޕާކިން ބިލްޑިން ތަރައްޤީކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ. އެ އިމާރާތްތައް ނިމުމުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2،600 އަށް ވުރެ ގިނަ ޖާގައާއި ދެ ފުރޮޅުލީ އުޅަނދުތަކަށް 1،000 ޖާގަ ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ ޕާކިން ބިލްޑިންގެ ބިންގާ މި އަހަރުގެ މާރިޗު މަހު އަޅާފައިވާ އިރު، ބޭސްމަންޓް ހިމެނޭ ގޮތަށް 13 ފަންގިފިލާގެ އެ އިމާރާތުގައި ހަތަރު ފުރޮޅުލީ އުޅަނދަށް 600 އަށް ވުރެ ގިނަ ޖާގައާއި 500 އަށް ވުރެ ގިނަ ސައިކަލު ޕާކު ކުރެވޭ ޖާގަ ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.