އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދޫކުރާ ޑޮލަރު ހަ ޤައުމަކަށް އެމްއެމްއޭ އިން ލިމިޓުކޮށްފި
ދިވެހިން ޢާންމުކޮށް ބޭސްފަރުވާ ހޯދުމަށް ދަތުރުކުރާ ހަ ޤައުމަކަށް އެކަނި، އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް 1000 އެމެރިކާ ޑޮލަރު ވިއްކާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައިފިއެވެ.
ދިވެހިން ޢާންމުކޮށް ބޭސްފަރުވާ ހޯދުމަށް ދަތުރުކުރާ ހަ ޤައުމަކަށް އެކަނި، އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް 1000 އެމެރިކާ ޑޮލަރު ވިއްކާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައިފިއެވެ.
މި ބަދަލާ އެކު ޑޮލަރު ލިބޭނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު އަދި ޔޫއޭއީ އަށް ބޭސްފަރުވާއަށް ފުރާ ދިވެހީންނަށެވެ. ކުރިން ވެސް ހަމަޖެހިފައި އޮތް އުސޫލާ އެއްގޮތަށް ބޭންކުތައް މެދުވެރިކޮށް ޑޮލަރު ދޫކުރާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ. އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ދޫކުރާ 2000 ޑޮލަރަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ބޭސްފަރުވާއަށް ޚާއްޞަކޮށް ދޫކުރާ ބޭރު ފައިސާ ސީދާ އެ ބޭނުމަށް ހޭދަކުރެވޭކަން ޔަޤީންކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ އޮގަސްޓުގައި އަމިއްލަ ޚަރަދުގައި ދާ ފަރާތްތަކަށް 1000 ޑޮލަރު ވިއްކަން ފެށި ފަހުން ބޭސްފަރުވާއަށް ދޫކުރާ ބޭރު ފައިސާގެ ޢަދަދު ވަނީ ބޮޑު ތަނުން މައްޗަށް ގޮސްފައެވެ. އެ ސްކީމުގެ ދަށުން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް 29.2 މިލިއަން ޑޮލަރު ވިއްކާފައިވާ އިރު، ޖުމްލަ ބޭސްފަރުވާއަށް ވިއްކި ބޭރު ފައިސާ ވަނީ 41.1 މިލިއަން ޑޮލަރަށް އަރައި، ކުރީ އަހަރުގެ އެ މުއްދަތާ އަޅައިބަލާ އިރު ތިން ގުނައަށް އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް