މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވޭ ގަޑިތައް ކަނޑައަޅާ ޤަވާއިދު ހަފުތާއެއް ތެރޭ ގެޒެޓުކުރަނީ
މާލެ ސަރަހައްދުގައި ބަރު އުޅަނދުފަހަރު ދުއްވުން ވަކި ގަޑިތަކަކަށް ހިފެހެއްޓުމާ ގުޅޭ ޤަވާއިދެއް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގެޒެޓުކުރެވޭ ވަރު ވާނެ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި ބަރު އުޅަނދުފަހަރު ދުއްވުން ވަކި ގަޑިތަކަކަށް ހިފެހެއްޓުމާ ގުޅޭ ޤަވާއިދެއް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގެޒެޓުކުރެވޭ ވަރު ވާނެ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ވިޔަފާރިވެރިންނާ އެކު މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވީ، ޤަވާއިދު ތަންފީޒުކުރާނީ ވިޔަފާރިވެރިންނަށް ބުރައެއް ނާންނާނެ ގޮތެއް ހޯއްދަވައިގެން ކަމަށެވެ. ގިނަ ފަރާތްތަކަށް ކަމުދާނެ ހައްލެއް ހޯއްދެވުމަށް މިނިސްޓްރީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް، ބަރު އުޅަނދު ދުއްވާ ވަގުތުތައް ބަދަލުވެއްޖެ ނަމަ ގޭހާއި ފެން ފަދަ ޒަރޫރީ ތަކެތި ގެތަކަށް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު އައިސް ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސިނަމާލެ ބުރިޖުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައާ ގުޅޭ ގޮތުން ސަޢީދު ވިދާޅުވީ، ޕީކް ގަޑިތަކުގައި ބުރިޖުން ބަރު އުޅަނދުފަހަރު ދަތުރުކުރާތީ ދިމާވާ ތޮއްޖެހުމަށް ހައްލެއް ހޯދުން މުހިންމު ކަމަށެވެ. އެ މައްސަލަ ހައްލުކުރެވޭނެ ގޮތްތައް ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ބަރު އުޅަނދު ދުއްވުން ވަކި ގަޑިތަކެއްގައި މަނާކުރުމަކީ ޢާންމު ގޮތެއްގައި ރޯދަ މަހު ވެސް ޢަމަލުކުރާ އުސޫލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް