ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދުން އިންޑިއާގެ ތިން މަސް ބޯޓެއް ހިފަހައްޓައިފި
އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯރ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ހުއްދައެއް ނެތި މަސްވެރިކަން ކުރަމުން ދިޔަ އިންޑިއާގެ ތިން ބޯޓެއް ރޭ އަތުލައިގެންފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯރ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ހުއްދައެއް ނެތި މަސްވެރިކަން ކުރަމުން ދިޔަ އިންޑިއާގެ ތިން ބޯޓެއް ރޭ އަތުލައިގެންފިއެވެ.
ކޯސްޓްގާޑުން ބުނީ އެ ބޯޓުތައް ހިފެހެއްޓީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ވެސް ކޯސްޓްގާޑުން ބުނެފައިވެއެވެ.
އިންޑިއާގެ ނޫސް އެޖެންސީ އޭއެންއައިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިފެހެއްޓި ތިން ބޯޓު ނިސްބަތްވަނީ އެ ޤައުމުގެ ސޫތުކުޅީގެ ތާރުވައިކުލަމް އަވަށަށެވެ. ބޯޓުތަކުގައި 25 މަސްވެރިން ތިއްބެވެ. އެ މީހުން މަސްވެރިކަމަށް ފުރީ މި މަހުގެ އެއްވަނަ ދުވަހު ކަމަށް ބުނެފައިވެއެވެ.
ހިފެހެއްޓި މަސްވެރިންގެ އާއިލީ މީހެއް ކަމަށްވާ ސުދަރުޝަން އެ މީޑިއާއަށް ބުނީ "ވައިގަދަވެ ކަނޑު އޮއެވަރު ބާރުވުމުގެ ސަބަބުން ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނީ" ކަމަށެވެ.
ބޯޓުތައް ހިފެހެއްޓުމާ ގުޅިގެން އެ ބޯޓުތަކުގެ ވެރީންނާއި އާއިލާތަކުން އިހުތިޖާޖު ކުރަމުންދާ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލައިގައި އިންޑިއާގެ މައި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް