މައިގަނޑު ބަޔަށް ދާން

ހަބަރު

ހުއްދަނެތި ބޭރު ފައިސާ މާރުކުރި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލައިސަންސް ނެތި ވިޔަފާރީގެ އުޞޫލުން ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ ގަނެވިއްކުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

ހުއްދަނެތި ބޭރު ފައިސާ މާރުކުރި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލައިސަންސް ނެތި ވިޔަފާރީގެ އުޞޫލުން ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ ގަނެވިއްކުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އާމިރު ޙުސައިން އާއި އެމްޑީ މީޒާނުއްރަޙްމާން އާއި ސިރާޒް ޚާން ކަމަށެވެ. މި ތިން މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑު އަގުގައި، މަނީ ޗޭންޖިންގ ލައިސަންސް ނެތި ފައިސާ މާރުކުރުމުގެ ޚިދުމަތް ދެމުންދިޔަ ކަމުގެ ތުހުމަތެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ޣައިރު ޤާނޫނީ ގޮތުން ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިފަދަ ޣައިރު ޤާނޫނީ ޢަމަލުތަކާ ގުޅޭ މަޢުލޫމާތު ހުރިނަމަ، އެ ކަމަށް ޚާއްޞަ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް އެސްއެމްއެސް، ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ. ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ސިލްސިލާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.