މިފްކޯއިން މަސް ގަންނަ އަގު ތިން ރޭޓަކުން ބޮޑުކޮށްފި
ދުނިޔޭގެ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިޢާޔަތްކޮށް، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
ދުނިޔޭގެ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިޢާޔަތްކޮށް، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
މިފްކޯއިން މިއަދު ޢާންމުކުރި އައު ރޭޓުތަކަށް ބަލާއިރު، އެއް ޓަނާއި ފަސް ޓަނާ ދެމެދުގެ މިންވަރަކަށް މަސް ކިރާނަމަ ކިލޯއެއް ގަންނާނީ 21 ރުފިޔާއަށެވެ. ފަސް ޓަނާއި އަށް ޓަނާ ދެމެދުގެ މިންވަރަކަށް ކިރާނަމަ ކިލޯއެއްގެ އަގަކީ 22 ރުފިޔާއެވެ. އަށް ޓަނަށްވުރެ އިތުރަށް މަސް ކިރާނަމަ ކިލޯއެއް ގަންނާނީ 22.75 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ދޯނިފަހަރުން ކިރާ މަހުގެ ނިސްބަތަށް ބެލުމަށްފަހު މި ބަދަލު ގެނެސްފައިވާ ކަމަށް މިފްކޯއިން ބުނެއެވެ. އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުންނެވެ.
މިފްކޯއިން ފާހަގަކުރި ގޮތުގައި، މިއީ މަސްވެރިން ބާނާ މަހަށް އެކަށޭނަ އުޖޫރައެއް ކަށަވަރުކޮށްދިނުމަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެކެވެ.
ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާ އެއްހަމަކުރުމުގެ ގޮތުން މީގެ ކުރިން ވެސް އެކި މަރުޙަލާތަކުގައި މިފްކޯއިން ވަނީ މަސް ގަންނަ އަގު މަތިކޮށްފައެވެ. މި އަހަރުގެ ޖޫން މަހު ކިލޯއެއްގެ އަގު 20 ރުފިޔާއަށް، އޮގަސްޓް މަހު 21 ރުފިޔާއަށް، އަދި ސެޕްޓެމްބަރު މަހު ކަޅުބިލަމަސް ކިލޯއެއް 22 ރުފިޔާއަށް ބޮޑުކޮށްފައިވެއެވެ. މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެހެން އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަސްވެރިންނަށް ވަޢުދުވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް