މައިގަނޑު ބަޔަށް ދާން

ވިޔަފާރި

އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް މުދަލުގައި އަގު ޖެހުމަށް އަންގައިފި

ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާ މުދަލުގައި އަގު ސާފުކޮށް ފެންނާނެހެން ޖެހުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިއަދު އަންގައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް މުދަލުގައި އަގު ޖެހުމަށް އަންގައިފި

ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާ މުދަލުގައި އަގު ސާފުކޮށް ފެންނާނެހެން ޖެހުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިއަދު އަންގައިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ ފިހާރަތަކާއި އެ ނޫން ވެސް ވިޔަފާރި ކުރާ ތަންތަނުގައި ހުންނަ ގިނަ މުދަލުގައި ގަންނަ ފަރާތަށް އެނގޭނެހެން އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ. ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގަންނަ ފަރާތަށް އަގު ސާފުކޮށް ނޭނގޭ ގޮތަށް އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އެ ޤާނޫނުގެ ދަށުން މުދަލުގައި އަގު ޖެހިފައިވާ ކަމަށް ބެލެވޭނީ ދެ ގޮތަކުންނެވެ. ފުރަތަމަ ގޮތަކީ އެ މުދަލެއްގައި ސީދާ އަގު ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުމެވެ. ދެވަނަ ގޮތަކީ މުދާ ބަހައްޓާފައި ހުންނަ ތަނުގައި އެ މުދަލުގެ އަގު ލިޔެ ނުވަތަ ހަރުކޮށްފައި ހުރުމާ އެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް ސާފުކޮށް އެނގެން ހުރުމެވެ.

މި މިންގަނޑުތަކާ އެއްގޮތަށް ވިޔަފާރިތައް ޢަމަލުކުރޭތޯ ބެލުމަށް އެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ފިހާރަތައް އިންސްޕެކްޓްކޮށް މޮނިޓަރ ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޤާނޫނާ ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާ މެދު އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅާނެ ކަމުގެ އިންޒާރު ވެސް އެ މިނިސްޓްރީން ދީފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.