މައިގަނޑު ބަޔަށް ދާން

ހަބަރު

ތިނަދޫގައި ފޮށި އަރުވައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލް ގެއްލި މޫދަށް ވެއްޓިއްޖެ

ގދ. ތިނަދޫގައި ސައިކަލަކަށް ފޮއްޓެއް އަރުވައިގެން ނައްޓައިލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލި، ދެ މީހުންނާ އެކު އެ ސައިކަލު މޫދަށް ވެއްޓިއްޖެއެވެ.

ތިނަދޫގައި ފޮށި އަރުވައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލް ގެއްލި މޫދަށް ވެއްޓިއްޖެ

ގދ. ތިނަދޫގައި ސައިކަލަކަށް ފޮއްޓެއް އަރުވައިގެން ނައްޓައިލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލި، ދެ މީހުންނާ އެކު އެ ސައިކަލު މޫދަށް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ޑީއެމްއެން ކެފޭ ކުރިމަތިން ބަނދަރާ ދިމާލަށް ސައިކަލު ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓުނު ކަމުގެ ރިޕޯޓު ލިބުނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު 13 ވަނަ ދުވަހުގެ ހަވީރު 17:28 ހާއިރު ކަމަށެވެ. ސައިކަލު ދުއްވަން އިން މީހާއާއި ފަހަތުގައި އިން މީހާ ވެސް މޫދަށް ވެއްޓުނު ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ސައިކަލު ދުއްވި މީހާ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންނާއި ޢާންމުން ގުޅިގެން ކުރި މަސައްކަތުން އެ ދުވަހުގެ ހަވީރު 17:47 ހާއިރު ސައިކަލު މޫދުން ނަގައި ވެރިފަރާތާ ހަވާލުކޮށްފައިވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ސައިކަލު ދުއްވި މީހާގެ މައްޗަށް ޓްރެފިކް ޤަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އެބަ އޮތެވެ. އެގޮތުން ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައިގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތައް ވެސް ކުރިން ފާހަގަކުރެވިފައިވެއެވެ.

ފުލުހުން ވަނީ އެއްގަމު އުޅަނދު ދުއްވާއިރު ދުއްވާ ފަރާތާއި މަގު ބޭނުންކުރާ އެހެން ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް، އުޅަނދުގެ ބެލެންސް ނުގެއްލޭނެ ހެން އަދި ދުއްވާ ފަރާތަށާއި ފަހަތުގައި އިންނަ ފަރާތަށް ދަތިނުވާނެ ހެން ރައްކާތެރިކަމާ އެކު މުދާ އުފުލުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.