ދީނަށް ފުރައްސާރަކުރި ލަންކާ މީހާގެ މަރުގެ ހުކުމް ސައުދީ ސުޕްރީމް ކޯޓުން ބާތިލުކޮށްފި
ފޭސްބުކްގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ކޮމެންޓު ކުރި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަނޯޖަން ސިވަރާސާގެ މައްޗަށް ސައުދީ އަރަބިއްޔާގެ އިސްތިއުނާފު ކޯޓުން އިއްވި މަރުގެ ހުކުމް އެ ޤައުމުގެ ސުޕްރީމް ކޯޓުން ބުދަ ދުވަހު ބާތިލުކޮށްފިއެވެ.
ފޭސްބުކްގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ކޮމެންޓު ކުރި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަނޯޖަން ސިވަރާސާގެ މައްޗަށް ސައުދީ އަރަބިއްޔާގެ އިސްތިއުނާފު ކޯޓުން އިއްވި މަރުގެ ހުކުމް އެ ޤައުމުގެ ސުޕްރީމް ކޯޓުން ބުދަ ދުވަހު ބާތިލުކޮށްފިއެވެ.
މި ޚަބަރު ހާމަކުރެއްވީ ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަރުން ހެމަޗަންދުރަ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ދެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއި ޤާނޫނީ ޓީމުތަކުން މި މައްސަލައިގައި ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ.
އުމުރުން 27 އަހަރުގެ ސިވަރާސާ މީސްމީޑިއާގައި ތަމަޅަ ބަހުން ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ކޮމެންޓު ކުރީ މިދިޔަ ޖޫން މަހުގެ ފަހުކޮޅު އުފެދުނު ދީނީ ބަހުސްތަކެއްގެ ތެރެއިންނެވެ. އޭނާ ވަގުތުން އެ ކޮމެންޓު ފޮހެލައި، މާފަށް އެދި ވީޑިއޯއެއް ޢާންމު ކުރި ނަމަވެސް، އެ ކޮމެންޓުގެ ސްކްރީންޝޮޓެއް ސައުދީގެ ކަމާބެހޭ ފަރާތްތަކަށާއި އޭނާ ވަޒީފާ އަދާކުރާ ކުންފުންޏަށް ހުށަހެޅުމުން މިދިޔަ ޖުލައި މަހު އޭނާ ހައްޔަރުކުރެވުނެވެ.
އަލް އަހްސާ ޖިނާއީ ކޯޓުން އެންމެ ފުރަތަމަ އޭނާގެ މައްޗަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން މިލިއަން ސައުދީ ރިޔާލުގެ ޖޫރިމަނާއެކެވެ. ނަމަވެސް އިސްތިއުނާފު މަރުހަލާގައި މިދިޔަ ސެޕްޓެމްބަރު މަހު އެ ހުކުމް މަރުގެ އަދަބަކަށް ބަދަލުކުރެވުނެވެ. ސައުދީ ސުޕްރީމް ކޯޓުން މިހާރު މަރުގެ ހުކުމް ބާތިލުކޮށްފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ޝަރީޢަތެއް ހިނގާނެ ކަމެއް ނުވަތަ އޭނާ ބަންދުގައި ހުންނަން ޖެހޭނެ މުއްދަތެއް އަދި ސާފުވެފައެއް ނުވެއެވެ.
ސައުދީއާ އެކު ކުރެވުނު ޤާނޫނީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ފައިޒަރު މުސްތަފާ ވިދާޅުވީ މަރުގެ ހުކުމް ބާތިލުވެފައިވާ ކަން ޔަގީންވާ ކަމަށާއި، ސުޕްރީމް ކޯޓުގެ އެންމެ ފަހުގެ ނިންމުން މިހާރު ދިރާސާކުރަމުން އަންނަ ކަމަށެވެ.
ސިވަރާސާ ސަލާމަތްކުރުމަށް ލަންކާ ސަރުކާރުން ޑިޕްލޮމެޓިކް ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވެސް ވަނީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ގޮވައިލައިފައެވެ. މީގެ އިތުރުން ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވެސް ވަނީ ސިވަރާސާގެ ދިފާޢުގައި އަޑުއުފުއްލަވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް