މައިގަނޑު ބަޔަށް ދާން

ހަބަރު

މަސްތުވާތަކެތީގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް ޖުޑީޝަރީ ކޮމިޓީން ނިންމައިފި

އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައެއްގައި ޙުކުމް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ އިބްރާހީމް ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލައިގައި ކަން ހިނގި ގޮތް ލިޔުމުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މަސްތުވާތަކެތީގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް ޖުޑީޝަރީ ކޮމިޓީން ނިންމައިފި

އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައެއްގައި ޙުކުމް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ އިބްރާހީމް ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލައިގައި ކަން ހިނގި ގޮތް ލިޔުމުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރިކަން ސާބިތުވެ އަބްދުﷲ އިބްރާހީމްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕެރޯލް ބޯޑުން އޭނާ ދޫކޮށްލާފައިވެއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެފައިވާ ގޮތުގައި އެ ނިންމުމަކީ ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ނުބަލައި، ސިޔާސަތުތަކާ ވެސް ޚިލާފަށް ނިންމި ނިންމުމެކެވެ. އެކަމާ ގުޅިގެން ޕެރޯލް ބޯޑުގެ ހަ މެންބަރުން ވަކިކޮށްފައިވެއެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމެވެ. ބައްދަލުވުމުގައި ވާހަކަދެއްކެވި މެންބަރުން ފާހަގަކުރެއްވީ ބޯޑު މެންބަރުން ވަކިކުރުމަކީ މައްސަލައިގެ ނިމުން ކަމަށް ބެލެވެން ނެތް ކަމަށެވެ. އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވީ ކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަށެވެ. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އެ ހުށަހެޅުމަށް ތާއީދުކުރައްވައި، ބޯޑުގެ މެންބަރުން މިހާރު ނެތުމުން ލިޔުމުން ޖަވާބު ހޯދުމަށް ހުށަހެޅުއްވިއެވެ. ކޮމިޓީން އެ ހުށަހެޅުން ފާސްކުރީ އިއްތިފާޤުންނެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ ޕެރޯލް ބޯޑުން ނުރަނގަޅު ނިންމުމެއް ނިންމި ބައެއްގެ މައްޗަށް ހަމައެކަނި ވަކިކުރުމަކީ ފުދޭ ޙައްލެއް ނޫން ކަމަށެވެ.

"އެ މީހަކު ހަވާލުވާ ޒިންމާއެއްގައި ކުށްވެރި ވަންޏާ ކުށްވެރިވާން. ނޫނީ ޖޫރިމަނާވަންޏާ ޖޫރިމަނާވާން. އެ ޒިންމާއާ ދެވަނަ ފަަހަރު ހަވާލު ނުކުރެވޭނެ ގޮތަކަށް ކަންކަން ކުރެވެންޖެހޭ. ވަކިކުރި ބޯޑުގެ މެމްބަރުންނާމެދު އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅެއް އަޅަންޖެހޭ." ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެފައިވާ ގޮތުގައި ޕެރޯލް ބޯޑަށް އާ މެންބަރުން ޢައްޔަންކޮށް، ބޯޑުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.