މައިގަނޑު ބަޔަށް ދާން

ހަބަރު

ޗެންދޫ ފްލައިޓު ލަސްވެ ފަސެންޖަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައިފި

ޗައިނާގެ ޗެންދޫއަށް ފުރަން ތާވަލުކޮށްފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއް ފުރާ ގަޑި ވަރަށް ބޮޑަށް ލަސްވުމާ ގުޅިގެން ފަސެންޖަރުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި، ފުލުހުންނާ ދެމެދު މިއަދު ހަމަނުޖެހުމެއް ހިނގައިފިއެވެ.

ޗެންދޫ ފްލައިޓު ލަސްވެ ފަސެންޖަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައިފި

ޗައިނާގެ ޗެންދޫއަށް ފުރަން ތާވަލުކޮށްފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއް ފުރާ ގަޑި ވަރަށް ބޮޑަށް ލަސްވުމާ ގުޅިގެން ފަސެންޖަރުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި، ފުލުހުންނާ ދެމެދު މިއަދު ހަމަނުޖެހުމެއް ހިނގައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކައުންޓަރު ކައިރީ ތިބި ބައެއް ފަސެންޖަރުން ރުޅިގަދަވުމުން ފުލުހުން ވަނީ އެ މީހުން ކޮންޓްރޯލުކުރުމަށް މަސައްކަތްކޮށްފައެވެ. އެ ވަގުތު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. ފުލުހުން ބުނީ ފްލައިޓު ފުރާ ގަޑި ލަސްވުމުގެ ސަބަބުން ފަސެންޖަރުންގެ ތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދުމާ ގުޅިގެން އެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައި ވަނީ ލަސްވީ ޗެންދޫއަށް ދަތުރުކުރުމަށް ތާވަލުކޮށްފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކަމަށެވެ. ފްލައިޓު ލަސްވި ވަގުތު ފަސެންޖަރުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

"ފްރަސްޓްރޭޝަންސް ހުންނާނެ ދެއްތޯ ލަސްވާއިރުގައި، މޭޖާ އިންސިޑެންޓެއް ނެތް." އެމްއޭސީއެލުން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ފްލައިޓު ލަސްވި ނަމަވެސް ބޮޑު ހާދިސާއެއް ހިނގާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.