މައިގަނޑު ބަޔަށް ދާން

ހަބަރު

ޕާކިން މައްސަލަތަކުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ފިޔަވަޅު އަޅަން ފަށައިފި

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އެޅުމަށް އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

ޕާކިން މައްސަލަތަކުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ފިޔަވަޅު އަޅަން ފަށައިފި

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އެޅުމަށް އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ގެންނަ މި ބަދަލާ ގުޅޭ ގޮތުން އެ މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައި ވަނީ މިއަދުން ފެށިގެން ހަތް ދުވަސް ފަހުން ތަންފީޒީ އިދާރާގެ ޒިންމާތައް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އަދާކުރަން ފަށާނެ ކަމަށެވެ. އެ މިނިސްޓްރީން ވަނީ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވައި ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މި މަސައްކަތް ހިންގާނެ ކަމަށާއި، ޤަވާއިދާ ޚިލާފުވެގެން ފިޔަވަޅު އެޅޭ ފަރާތްތަކަށް އެ މަޢުލޫމާތު އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. ފިޔަވަޅުތަކުގެ މަޢުލޫމާތު ސީދާ ލިބޭނެ ގޮތް ހެދުމަށްޓަކައި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ސިމްސް ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓުކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގައިފައެވެ.

ފުރަތަމަ މަރުޙަލާގައި މާލެ އާއި ހުޅުމާލޭގައި ޚާއްޞަ އިސްކަމެއް ދީގެން ބަލާނެ ސަރަޙައްދުތައް ވެސް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުތަކާއި ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކާއި، ކަފިހި ހުރަސްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތަކަށް ޚާއްޞަކޮށްފައިވާ ސްލޮޓުތައް ހިމެނެއެވެ. މާލެއިން މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގުގައި ނިޒާމު ހިންގާއިރު، ހުޅުމާލެ ފޭސް އެކެއްގެ ބޯށިމާ ހިނގުމާއި ސައިމާ ހިނގުމާއި ނިރޮޅު މަގާއި ހަނދުވަރީ ހިނގުމާއި ހިތިގަސް މަގާއި ބަގީޗާ ހިނގުމާއި ރީތިގަސް މަގު އަދި ފޭސް ދޭއްގެ ގުލްއަލާމާ ހިނގުމާއި ނިރޮޅު މަގާއި ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގުގައި ވެސް ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.