ދިރާގު ދިވެހި ލީގުގައި ބިސްބުރު 3-0 އިން ބަލިކޮށް ވިކްޓްރީ ތާވަލުގެ ކުރިއަށް ޖެހިލައިފި
ދިރާގު ދިވެހި ލީގުގައި ގަލޮޅު ދަނޑުގައި ބިސްބުރާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބު ޕޮއިންޓް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.
ދިރާގު ދިވެހި ލީގުގައި ގަލޮޅު ދަނޑުގައި ބިސްބުރާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބު ޕޮއިންޓް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.
މެޗުގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ވިކްޓްރީއަށް ކާމިޔާބުކޮށްދިނީ އަލް ހާޖީ ގޭރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އަހުމަދު ރިޒްވާނެވެ. ފުރަތަމަ ހާފް ނިމުނީ އެ ލަނޑާ އެކު 1-0 ގެ ނަތީޖާއިންނެވެ.
ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ ވިކްޓްރީން ވަނީ ދެވަނަ ލަނޑު ޖަހައިފައެވެ. އޭގެ އިރުކޮޅެއް ފަހުން ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށް، ވިކްޓްރީން ވަގުތީ ގޮތުން ތާވަލުގެ އެއްވަނަ މަގާމު ހޯދީ ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާ އެކުގައެވެ. މެޗުގައި މި ތިން ލަނޑުގެ އިތުރުން ވެސް ވިކްޓްރީއަށް ލަނޑު ޖެހޭ ގޮތަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ.
ބަލިވި ބިސްބުރު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވެ ތާވަލުގެ އަށްވަނައިގައި އޮތް އިރު، ގައްދޫ ސްޕޯޓްސް އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ތާވަލުގެ އެންމެ ފުލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް