ކ. ގުރައިދޫގައި ތޫނު ހަތިޔާރުން ހަމަލާދީ މީހަކު ޒަޚަމްކޮށް މީހަކު ހައްޔަރުކޮށްފި
އިއްޔެ ހަވީރު ކ. ގުރައިދޫގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.
އިއްޔެ ހަވީރު ކ. ގުރައިދޫގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.
މި ހާދިސާ ހިނގީ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގެ ތެރެއިންނެވެ. ޒަޚަމްވި މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލް އަދި ސާފެއް ނުވެއެވެ.
އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ހިމެނޭ އަނެއް މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް