މައިގަނޑު ބަޔަށް ދާން

ހަބަރު

ރާއްޖޭގެ ރަސްމީ ރިޒާވް 547 މިލިއަން ޑޮލަރަށް ވެއްޓިއްޖެ

ހުސްވި ސެޕްޓެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 15 އިންސައްތަ ދަށަށް ގޮސް 547 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް 547 މިލިއަން ޑޮލަރަށް ވެއްޓިއްޖެ

ހުސްވި ސެޕްޓެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 15 އިންސައްތަ ދަށަށް ގޮސް 547 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހު ރަސްމީ ރިޒާވްގައި 643.9 މިލިއަން ޑޮލަރު ހުރިއިރު، ސެޕްޓެމްބަރު މަހު އެ ޢަދަދު ވަނީ 96.9 މިލިއަން ޑޮލަރު މަދުވެފައެވެ. ހަމައެއާއެކު ބޭނުންކުރެވޭ ރިޒާވް ވެސް 200.6 މިލިއަން ޑޮލަރުން 169.8 މިލިއަން ޑޮލަރަށް ދަށްވެ، 15.4 އިންސައްތައިގެ ވެއްޓުމެއް ވަނީ ފެނިފައެވެ.

ރިޒާވް ދަށްވި މައިގަނޑު ސަބަބަކީ ސެޕްޓެމްބަރު މަހު އެ އޮތޯރިޓީއަށް ލިބުނު ބޭރު ފައިސާއަށް ވުރެ ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އޮގަސްޓް މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ބޭރު ފައިސާ ދޫކުރި މިންވަރު 46.9 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ.

ބޭރު ފައިސާ ދޫކުރި ނިސްބަތް ބޮޑުތަނުން އިތުރުވީ، 2019 ވަނަ އަހަރު ދައުލަތުގެ ބަޖެޓަށް އެހީތެރިވުމުގެ ގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްގެ ތެރެއިން ނުދައްކައި އޮތް ފަހު 50 މިލިއަން ޑޮލަރު ޚަލާޞްކުރުމަށް ސަރުކާރަށް ފައިސާ ފޯރުކޮށްދިނުމުންނެވެ.

މީގެ އިތުރުން ބޭރު ފައިސާގެ ބާޒާރު ހަމަޖެއްސުމުގެ ގޮތުން ކުރީ މަސްތަކެކޭ އެއްފަދައިން ސެޕްޓެމްބަރު މަހު ވެސް އެމްއެމްއޭއިން ވިޔަފާރި ބޭންކުތަކަށް ޑޮލަރު ދޫކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.