މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން ކިޔެވުމަށް 13 ސްކޮލަރޝިޕަށް ހުޅުވާލައިފި
ވާރލްޑް ބޭންކާ ގުޅިގެން ހިންގާ މަޝްރޫޢެއްގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ދިރާސާއާ ގުޅޭ ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް 13 ޖާގައަކަށް ކުރިމަތިލުމުގެ ފުރުޞަތު ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
ވާރލްޑް ބޭންކާ ގުޅިގެން ހިންގާ މަޝްރޫޢެއްގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ދިރާސާއާ ގުޅޭ ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް 13 ޖާގައަކަށް ކުރިމަތިލުމުގެ ފުރުޞަތު ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
ޓްރާންސްފޯމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫޢުގެ ތެރެއިން ތިން ދާއިރާއަކުން ބެޗެލާސް އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ހިމެނެއެވެ. ފިޝަރީޒް ދާއިރާއިން ފިޝަރީޒް މެނޭޖްމަންޓާއި މެރިޓައިމް އެފެއާޒް އިން ދެ މާސްޓާސް ޖާގައާއި އެކުއާކަލްޗަރާއި ފިޝަރީޒް ސައިންސް ފަދަ ދާއިރާތަކުން ތިން ބެޗެލާސް ޖާގަ ހިމެނެއެވެ. މީގެ އިތުރުން މެރިން ރިސާޗާއި މެރިކަލްޗަރ ދާއިރާއިން ތިން މާސްޓާސް ޖާގައާއި އެއް ބެޗެލާސް ޖާގަ އަދި އެގްރިކަލްޗަރ ދާއިރާއިން އެއް މާސްޓާސް ޖާގައާއި ތިން ބެޗެލާސް ޖާގަ ހުށަހަޅާފައިވެއެވެ.
މި ކޯސްތަކަށް ކިޔެވޭނީ އޭޝިއާ އާއި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތަކާއި އޯއީސީޑީ ޤައުމުތަކުންނެވެ. މާސްޓާސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތައް ގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީ ނިންމައި ދެ އަހަރުގެ ތަޖުރިބާ ލިބިފައި ހުންނަންޖެހެއެވެ. ބެޗެލާސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުގެ އޯލެވެލް ފަސް މާއްދާ އާއި އޭލެވެލް ތިން މާއްދާއިން 'ސީ' ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ހާސިލުކޮށްފައި ވާންޖެހެއެވެ. ފައުންޑޭޝަން ނުވަތަ ޔުނިވާސިޓީ އެންޓްރެންސް ފެންވަރުގެ ސެޓިފިކެޓެއް ވެސް ބަލައިގަނެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ސްކޮލަރޝިޕް ލިބޭ ފަރާތްތަކުގެ ކޯސް ފީ އާއި ބުކް އެލަވަންސާއި އެސްޓަބްލިޝްމަންޓް އެލަވަންސާއި ޑިޕާޗާ އެލަވަންސް އަދި ކިޔެވުމުގެ މުއްދަތުގެ ސްޓައިޕަންޑް ޚަރަދު ކުރާނީ އެ ޕްރޮޖެކްޓުންނެވެ. ކޯސް ނިމުމަށް ފަހު ސިވިލް ސާވިސް ޤަވާއިދާ އެއްގޮތަށް އެ މިނިސްޓްރީގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށާއި، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މިނިސްޓްރީގެ މުވައްޒަފުންނަށް އިސްކަން ދެވޭނެ ކަމަށް ވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ. ހުށަހެޅުންތައް ބަލައިގަންނާނީ ހ. ޕަލްމޭރާގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓުންނެވެ. އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭ އިރު، ބޭނުންވާ ލިޔެކިޔުންތައް ފުރިހަމައަށް ހުށަނާޅައިފި ނަމަ އެޕްލިކޭޝަން ބާޠިލުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް