އައިއެމްއެފުގެ އެގްޒެކެޓިވް ޑިރެކްޓަރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވުން ފާހަގަކޮށްފި
ބެންކޮކްގައި ކުރިއަށްދާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ މިނިސްޓަރު ހަސަން ޒަރީރާ ބައްދަލުކުރައްވައި މޫޑީސްއިން ރާއްޖޭގެ ރޭޓިންއަށް ގެނައި ހެޔޮ ބަދަލު ފާހަގަކުރައްވައިފިއެވެ.
ބެންކޮކްގައި ކުރިއަށްދާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ މިނިސްޓަރު ހަސަން ޒަރީރާ ބައްދަލުކުރައްވައި މޫޑީސްއިން ރާއްޖޭގެ ރޭޓިންއަށް ގެނައި ހެޔޮ ބަދަލު ފާހަގަކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. ޑރ. މާއިތު ވަނީ ރާއްޖެއިން އަޅަމުންދާ އިޞްލާޙީ ފިޔަވަޅުތަކަށް ތައުރީފުކުރައްވައި، ބައިނަލްއަޤުވާމީ މާލީ އިދާރާތަކާ އެކު ދިވެހި ސަރުކާރުން ދަމަހައްޓަމުން އަންނަ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވައިފައެވެ.
ޖޫން މަހު ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ރޭޓިން "ސީސީ" އިން "ސީސީސީ" އަށް މަތިކޮށްފައިވާ އިރު، މޫޑީސްއިން ވެސް މިދިޔަ ހަފުތާގައި ރާއްޖޭގެ ރޭޓިން "ސީއޭއޭ 1" އަށް ވަނީ މަތިކޮށްފައެވެ. މި ބަދަލު ގެނައި މައިގަނޑު ސަބަބަކީ ބޭރުގެ ދަރަނިތައް ޚަލާޞްކުރުމުގައި ރާއްޖެއިން ދައްކަމުންދާ އިތުބާރެވެ. އެ ގޮތުން މި އަހަރުގެ އެޕްރީލް މަހު އަދާކުރި 500 މިލިއަން ޑޮލަރުގެ ސުކޫކާއި، އިންޑިއާއިން ނަގާފައިވާ ލޯނުތައް ފަދަ ދަރަނިތައް އެއްވެސް މައްސަލައެއް ނުޖެހި ޤަވާޢިދުން ދައްކަމުންދާ ކަން އެ އެޖެންސީތަކުން ފާހަގަކޮށްފައިވެއެވެ.
ފިޗް އަދި މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަޒަންކުރަން ފެށީ 2017 ވަނަ އަހަރުއެވެ. ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ނެގި ލޯނުތަކާ ގުޅިގެން ރާއްޖޭގެ މާލީ ޤާބިލުކަން ބައިނަލްއަޤުވާމީ ފަރާތްތަކަށް ހާމަކޮށްދިނުމުގެ މަޤުޞަދުގައި ފެށި މި މަސައްކަތުގެ ތެރެއިން، ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ދައުލަތުގެ ޚަރަދު އިތުރުވެ ދަރަނި ބޮޑުވުމުން، ދެ އެޖެންސީން ވެސް ރާއްޖޭގެ ރޭޓިން ދަށްކުރިއެވެ. ނަމަވެސް މި ސަރުކާރުން މާލީ އިޞްލާޙީ ފިޔަވަޅުތައް އެޅުމާ އެކު ދެ އިދާރާއިން ވެސް މިހާރު ވަނީ ރާއްޖޭގެ ރޭޓިން އަލުން މަތިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް