Newscast
ހަބަރު

ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 29 Aug 2026
ސްޓެލްކޯއިން ހުޅުމާލޭގައި 70 މެގަވޮޓުގެ އައު އިންޖީނުގެއެއް ބިނާކުރުމަށް ތައްޔާރުވެއްޖެ
ހުޅުމާލެ ފޭސް ދޭއް

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކާ ގުޅިގެން ހުޅުމާލެއާއި މާލެ ސަރަޙައްދުގެ އާބާދީ ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ކަރަންޓުގެ ނިޒާމަށް މިހާރުން މިހާރަށް ވެސް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ ޖުމުލަ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އެރުމުގެ އިތުރުން ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ ކަރަންޓު ވިއުގަ ހަރުދަނާކުރުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 70 މެގަވޮޓުގެ މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށުމަށް ސްޓެލްކޯއިން ތައްޔާރީތައް ވާން ފަށައިފިއެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކާ ގުޅިގެން ހުޅުމާލެއާއި މާލެ ސަރަޙައްދުގެ އާބާދީ ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ކަރަންޓުގެ ނިޒާމަށް މިހާރުން މިހާރަށް ވެސް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ ޖުމުލަ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އެރުމުގެ އިތުރުން ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ހިނގަމުންދާ ކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.

މީގެ ކުރިން މާލެ ސަރަޙައްދުގެ ކަރަންޓު ޑިމާންޑަށް ޖަވާބުދާރީވެފައި ވަނީ ހައި ސްޕީޑް ޖެންސެޓުތައް ބޭނުންކޮށްގެން ކަމަށާއި ނަމަވެސް އެ ނިޒާމު ދިގު މުއްދަތަށް ދެމެހެއްޓެނިވި ނޫން ކަމަށް ޑރ. އަޒުވަރު ފާހަގަކުރެއްވިއެވެ. އެގޮތުން އެ މައްސަލައިގެ ތަފްސީލް ހާމަކުރައްވަމުން ޑރ. އަޒުވަރު ވިދާޅުވީ "އަސްލު މިގޮތަށް ކަންތައްތައް ކުރަންޖެހޭ އެއް ސަބަބަކީ ބޮޑު ޕްރޮޖެކްޓެއް ދާދިފަހަކާއި ހަމައަށް މާލެ ސަރަަހައްދުގައި ކުރިއަށް ގެންދެވިފައި ނެތުން. ފިފްތު ޕަވާރގެ ނަމުގައި ހުޅުމާލޭގައި ޤާއިމްކުރި 50 މެގަވޮޓުގެ ޕަވާހައުސްގެ ފަހުން އަޅުގަނޑުމެންނަށް ދެން މާލެ ސަރަހައްދުގެ ޕީކަށް އެޑްރެސް ކުރެވެމުން މިއަންނަނީ ހައިސްޕީޑް ޖެންސެޓުތަކެއް ބަހައްޓައިގެން. ހުޅުމާލޭގައި ބޭނުންކުރަމުން ދިޔަ އޯލްޑް ޕަވާހައުސްއާ ޖެހިގެން ދިޔަ ސަރަހައްދުގައި. އެކަމަކު މިއީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވެން އޮތްގޮތެއް ނޫން." ކަމަށެވެ.

ޑރ. އަޒުވަރު ވިދާޅުވި ގޮތުގައި ހައި ސްޕީޑް ޖެންސެޓުތަކުގެ ބަދަލުގައި އަލަށް ޤާއިމުކުރާ މީޑިއަމް ސްޕީޑް ނިޒާމަކީ ތެޔޮ ޚަރަދާއި މަރާމާތުގެ ބުރަ ކުޑަ ދިގު މުއްދަތަށް ބޮޑު ކެޕޭސިޓީއެއް ފޯރުކޮށްދެވޭ ޒަމާނީ ނިޒާމެކެވެ. ޚާއްޞަކޮށް ހޫނު ދުވަސްވަރުގެ ޕީކް ސީޒަންތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މައްޗަށް ދާ ދަނޑިވަޅުތަކުގައި ނިޒާމަށް ބާރު ބޮޑުވިޔަ ނުދީ ހިފެހެއްޓުމުގެ ޤާބިލުކަން މި ޕަވަރ ހައުސްއަށް ލިބިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

70 މެގަވޮޓުގެ މި މަޝްރޫޢުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ގްރިޑް ޒަމާނީ ކުރުމާއި ކޭބަލް ނެޓްވޯކް ވަރުގަދަ ކުރުމާއި ސަބްސްޓޭޝަންތަކުގެ ކެޕޭސިޓީ މަތިކުރުމުގެ އިތުރު މަޝްރޫޢުތައް ވެސް ސްޓެލްކޯއިން ރާވައި ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި
ދުނިޔެ 29 Aug 2026

ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލުކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް އިޢުލާނުކޮށްފި

މި އެއްބަސްވުމުގެ ތެރެއިން އެމެރިކާގެ ޕްރައިވެޓް ކުންފުނިތަކަށް ވެނެޒުއެލާގެ ތެޔޮ އެކްސްޕޯޓުކުރުމުގެ ދާއިރާގައި ވިޔަފާރީގެ ދޮރު ހުޅުވިގެންދާނެއެވެ. ދާރިސުން ފާހަގަކުރާ ގޮތުގައި މީގެ ދެ މައިގަނޑު މަޤުޞަދެއް އޮތެވެ. އެއީ އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ދަށްކުރުމާއި ވެނެޒުއެލާގެ ވީރާނާވެފައި އޮތް ތެލުގެ ޞިނާޢަތް އަލުން ބިނާކުރުމެވެ.

ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި
ދުނިޔެ 29 Aug 2026

ނޭޕާލް ފެންބޮޑުވުމުން އަރައިގަތުމަށް ފަސް ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފި

ނޭޕާލުގެ މާލީ ވަޒީރު ސުވަރްނީމް ވާގްލީ ވިދާޅުވި ގޮތުގައި އެ ޢަދަދަކީ ނޭޕާލުގެ ޖުމްލަ އިޤުތިޞާދުގެ ގާތްގަނޑަކަށް ދިހަ ބައިކުޅަ އެއް ބަޔާ އެއްވަރުގެ މިންވަރެކެވެ. ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި 2015 ވަނަ އަހަރުގެ ބިންހެލުމަށް ވުރެ މި ފަހަރުގެ ކާރިސާގެ ޚަރަދު ކުޑަވާނެ ކަމަށް އެ ވަޒީރު އަންދާޒާ ކުރައްވައެވެ.

ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ
ހަބަރު 29 Aug 2026

ޤާނޫނާ ޚިލާފުވާން ގޮވައިލުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ފަލާހް ވިދާޅުވެއްޖެ

ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރުން ލާޒިމުކުރާ ބިލާ ދެކޮޅަށް ހުރިހާ ރިސޯޓަކުން ތެދުވާން ޖެހޭ ކަމަށް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ޕީއެންއެފުން ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައެވެ. މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ދައްޗެއް ކުރިމަތިވާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި ހަމައެކަނި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ )މަޓީ( އިން ދެކޮޅު ހެދުމުން ނުފުދޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ތިން ދާއިރާއެއްގެ ސްޕެޝަލިސްޓް ފަރުވާ މިއަދު ތައާރަފުކޮށްފި
ހަބަރު 29 Aug 2026

ހުޅުމާލެ ހޮސްޕިޓަލުން ތިން ދާއިރާއެއްގެ ސްޕެޝަލިސްޓް ފަރުވާ މިއަދު ތައާރަފުކޮށްފި

އެ ތިން ޚިދުމަތް އިފުތިތާޙުކުރީ އެ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި
ހަބަރު 29 Aug 2026

މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯއިން ބުނީ މި ބަދަލު ގެނައީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ބެލުމަށްފަހު މަސްވެރިންނަށް އެކަށީގެންވާ އަގެއް ހޯދައިދީ ދެމެހެއްޓެނިވި މަސްވެރިކަމެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކަމަށެވެ.

ނަޝީދާ އެކު "ބޮޑު ބަދަލު" ގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ފައްޔާޒު ބުނެފި
ހަބަރު 29 Aug 2026

ނަޝީދާ އެކު "ބޮޑު ބަދަލު" ގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ފައްޔާޒު ބުނެފި

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ބޮޑު ބަދަލު"ގެ ނަމުގައި އޮތް ވަޓްސްއެޕް ގްރޫޕަކުން ތިން ހަފުތާ ކުރިން ނުކުމެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއީ ރަސްމީ ގްރޫޕެއް ނޫން ކަމަށެވެ. "މިހާރު" ނޫހަށް މަޢުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި ފައްޔާޒް ގްރޫޕުން ނުކުމެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ރޭހުގައި ނަޝީދު ވާދަކުރައްވަން ޖެހޭ ކަމަށް ބައެއް މެންބަރުން ތަކުރާރުކޮށް ލިޔަމުން ދިޔަ ދުވަހެއްގައެވެ. ގްރޫޕުން ވަކިވެވަޑައިގެންނެވުމުގެ ކުރިން ފައްޔާޒް ލިޔުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ގްރޫޕް އުފެއްދި ބޭނުން ކެނޑިއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.