ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް އަމާން ހިޔާ އިމާރާތަށް ބަދަލުކޮށްފި
ވިލިމާލޭގައި 100 އެނދުގެ ޒަމާނީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަޝްރޫޢަށް ޖާގަ ހެދުމުގެ ގޮތުން، އެ ހޮސްޕިޓަލުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތައް ވަގުތީ ގޮތުން އަމާން ހިޔާ އިމާރާތަށް މިއަދު ބަދަލުކޮށްފިއެވެ.
ވިލިމާލޭގައި 100 އެނދުގެ ޒަމާނީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަޝްރޫޢަށް ޖާގަ ހެދުމުގެ ގޮތުން، އެ ހޮސްޕިޓަލުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތައް ވަގުތީ ގޮތުން އަމާން ހިޔާ އިމާރާތަށް މިއަދު ބަދަލުކޮށްފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ވަގުތީ އިމާރާތަށް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ކުއްލި ފަރުވާގެ ޚިދުމަތާއި ޢާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައިވާ ކަމަށެވެ.
އެހެންނަމަވެސް ދަތުގެ ފަރުވާ، ފިޒިއޮތެރަޕީ އަދި ޑަޔަލިސިސް ފަދަ ޚާއްޞަ ޚިދުމަތްތައް އެ ތަނަށް ބަދަލުކުރެވޭނީ އިމާރާތުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ މުއްދަތުގެ ތެރޭގައި އެ ޚިދުމަތްތައް އައިޖީއެމްއެޗް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރުގެ ހޮސްޕިޓަލް އިމާރާތް ތަޅާލައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޒަމާނީ ވަސީލަތްތަކާ އެކު 100 އެނދުގެ އައު ހޮސްޕިޓަލެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެ އިމާރާތެއްގެ މައްޗަށް އެކުލެވޭ މި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެންނާއި ބޭރުން ދައްކާ ބަލިމީހުންނަށް ފަރުވާ ދިނުމުގެ ބައިތަކުގެ އިތުރުން، އެމަޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑަޔަލިސިސް ޚިދުމަތަށް ޚާއްޞަ އެނދުތައް ހިމެނޭނެއެވެ.
މިހާރު ހިންގަމުން އަންނަ ހޮސްޕިޓަލުގައި ހުންނަނީ އެންމެ ތިން ކޮންސަލްޓޭޝަން ރޫމާއި އިމަޖެންސީ ފަސް އެނދުގެ ޖާގައެވެ. އައު ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިނިންގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް