މައިގަނޑު ބަޔަށް ދާން

ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާއަށް ވަޑައިގެން މޯދީއާ ބައްދަލުކޮށްފި

ކެނެޑާގެ ޚާރިޖީ ވަޒީރު އަނީތާ އާނަންދު، އިންޑިއާއާއި ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަން ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާއަށް ވަޑައިގެން މޯދީއާ ބައްދަލުކޮށްފި

ކެނެޑާގެ ޚާރިޖީ ވަޒީރު އަނީތާ އާނަންދު، އިންޑިއާއާއި ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަން ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

މި ދަތުރުފުޅާ ގުޅޭ ގޮތުން އަނީތާ ވިދާޅުވީ "މިއީ ކެނެޑާގެ މުހިއްމު ދެ ބައިވެރިޔަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ ދަތުރުފުޅެއް" ކަމަށެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރާ އެކު ރަސްމީ މަޝްވަރާތައް ބޭއްވެވުމުގެ އިތުރުން، ބޮޑުވަޒީރު މޯދީގެ އަރިހަށް ވެސް އަނީތާ ޒިޔާރަތްކުރެއްވި ކަމަށް އިންޑިއާގެ ޚާރިޖިއްޔާއިން ބުނެފައިވެއެވެ. އެ ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އިރު، ދެ ޤައުމުގެ ދެމެދުގައި ސޮއިކުރުމަށް މަޝްވަރާ ކުރެވެމުންދާ ކޮމްޕްރެހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމެންޓުގެ މަޝްވަރާތައް އަވަސްކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސިޔާސަތުތަކާ ގުޅިގެން އެމެރިކާއާއި ކެނެޑާއާ ދެމެދު ޒަމާންވީ ގޮތުން އޮތް ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި، ކެނެޑާއިން އަންނަނީ އެހެން ޤައުމުތަކާ އެކު އޮންނަ ގުޅުންތައް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.