ހުޅުމާލޭގައި ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި ދެ ފުލުހަކަށް އަނިޔާވެއްޖެ
ހުޅުމާލޭ އަމީން އެވެނިއު ސަރަހައްދުގައި ކާރަކާއި ފުލުހުން ދުއްވި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލުގައި ތިބި ދެ ފުލުހަކަށް އަނިޔާވެއްޖެއެވެ.
ހުޅުމާލޭ އަމީން އެވެނިއު ސަރަހައްދުގައި ކާރަކާއި ފުލުހުން ދުއްވި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލުގައި ތިބި ދެ ފުލުހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނާ ގޮތުގައި މި ހާދިސާ ހިނގީ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރެއްގައި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާވި ދެ ފުލުހުންނަށް ފަރުވާ ދިނުމަށް މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލް އަދި ހާމަކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް