މައިގަނޑު ބަޔަށް ދާން

ހަބަރު

ރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިންޑިއާއިން އިތުރުކޮށްދީފި

ސާކް ޤައުމުތަކަށް ޚާއްޞަ ކަރަންސީ ސްވަޕް އެރޭންޖްމަންޓްގެ ދަށުން ރާއްޖެއަށް ފޯރުކޮށްދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިންޑިއާއިން އިތުރުކޮށްދީފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

ރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިންޑިއާއިން އިތުރުކޮށްދީފި

ސާކް ޤައުމުތަކަށް ޚާއްޞަ ކަރަންސީ ސްވަޕް އެރޭންޖްމަންޓްގެ ދަށުން ރާއްޖެއަށް ފޯރުކޮށްދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިންޑިއާއިން އިތުރުކޮށްދީފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

އެ ހައިކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ފެސިލިޓީއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރުގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން 30 ބިލިއަން ރުޕީސްގެ ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފައިވަނީ 23 އެޕްރީލް 2026 ގައެވެ.

2024-2027 ގެ ފްރޭމްވޯކް އެރޭންޖްމަންޓްގެ ދަށުން މި ފެސިލިޓީ ދީފައިވަނީ އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުޠުތަކުގައި ވެސް ގިނަ ލުއިތަކަކާ އެކުގައި ކަމަށް އެ ހައިކޮމިޝަނުން ބުނެފައިވެއެވެ. މި ފްރޭމްވޯކް 2012 ގައި ތަޢާރަފުކުރި ފަހުން، އާރްބީއައި މެދުވެރިކޮށް ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން ޑޮލަރަށްވުރެ ބޮޑު ޢަދަދެއްގެ ސްވަޕް އެހީ ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން އިންޑިއާއިން ވަނީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދެ ލޯންގް ޓާމް ޓްރެޜަރީ ބޮންޑަކަށް ސަބްސްކްރައިބް ކޮށްފައެވެ. އަދި އިންޑިއާއިން ސަބްސްކްރައިބް ކުރި 150 މިލިއަން ޑޮލަރުގެ ތިން ޓީ ބިލެއް ރާއްޖެއިން ދައްކައި ޚަލާޞްކޮށްފައިވާއިރު، އެ ބިލްތަކަށް އެރި 42.8 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ދައްކައިދީފައިވަނީ އިންޑިއާ ސަރުކާރުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތާއި "ވިޜަން މަހާސާގަރު" ގެ ދަށުން ރާއްޖެއަށް ޚާއްޞަ އިސްކަމެއް ދީފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ. ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅުގައި އެއްބަސްވެވުނު "ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ތަންފީޛުކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް އިންޑިއާއިން ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.