މައިގަނޑު ބަޔަށް ދާން

ހަބަރު

ޔޫއޭއީގައި ބަންދުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

ދުބާއީން އިސްތިއުމާރީ އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއްގެ ކޮކްޕިޓް ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ޔޫއޭއީގައި ބަންދުކޮށްފައި ތިބި ދިވެހި ދެ ޕައިލެޓުން މިއަދު ރާއްޖެ ގެނެސްފިއެވެ.

ފުލުހުންގެ އިސް ތަރުޖަމާނު ވިދާޅުވީ ޔޫއޭއީގެ އިދާރާތަކުން ހިފެހެއްޓި އެ ދެ ޕައިލެޓުން މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މަޢުލޫމާތު ސާފުކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވައިލި ސަބަބެއް ސާފެއް ނުވެއެވެ. ހަމައެއާ އެކު، ކޮކްޕިޓް ތެރޭގައި ހިނގި ހާދިސާއާ އެ ދެ މީހުންނާ އޮތް ގުޅުމަކީ ކޮބައިކަން ނުވަތަ އެ މީހުންގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތެއް ކަމެއް ވެސް އެނގޭކަށް ނެތެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ އެ ދެ ދިވެހީން ޔޫއޭއީ ފުލުހުން ހައްޔަރުނުކުރާ ކަމަށާއި، އެ ދެ މީހުން ހާޒިރުކުރީ ސުވާލުކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެ ދެ މީހުން ތިބީ ބަންދުގައި ކަމަށް އެނގިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.