ކުޅުދުއްފުށީގައި ދެ ސައިކަލު ޖެހި ތިން މީހަކަށް އަނިޔާވެއްޖެ
ހދ. ކުޅުދުއްފުށީގައި ދެ ސައިކަލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކަށް އަދި 32 އަހަރުގެ އަންހެނަކަށް އަނިޔާވެއްޖެއެވެ.
ހދ. ކުޅުދުއްފުށީގައި ދެ ސައިކަލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކަށް އަދި 32 އަހަރުގެ އަންހެނަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ 20 އަހަރުގެ ފިރިހެން މީހާއަށާއި 32 އަހަރުގެ އަންހެން މީހާއަށެވެ. އަންހެން މީހާގެ ފައި ބިނދިފައިވާ އިރު، 20 އަހަރުގެ މީހާގެ މޫނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެކްސިޑެންޓްގައި ހިމެނުނު ދެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
އަނިޔާވި އަންހެން މީހާ އިނީ އެއް ސައިކަލުގެ ފަހަތުގައެވެ. ނަމަވެސް ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ މި ހާދިސާއާ ގުޅިގެން ރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް