މައިގަނޑު ބަޔަށް ދާން

ހަބަރު

މާލޭ އުތުރު ބަނދަރުގެ ފިންގަރ ޖެޓީތަކުގައި ކޮންކްރީޓް އެޅުން އަންނަ ހަފުތާގައި ފަށަނީ

މާލޭ އުތުރު ފަރާތު ބަނދަރުގައި ތަރައްޤީކުރަމުން އަންނަ ފިންގަރ ޖެޓީ މަޝްރޫޢުގެ 15 މީޓަރުގެ ޖެޓީތަކުގައި ކޮންކްރީޓް އެޅުމުގެ މަރުޙަލާ ފެށުމަށް ތައްޔާރަށް ތިބި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މާލޭ އުތުރު ބަނދަރުގެ ފިންގަރ ޖެޓީތަކުގައި ކޮންކްރީޓް އެޅުން އަންނަ ހަފުތާގައި ފަށަނީ

މާލޭ އުތުރު ފަރާތު ބަނދަރުގައި ތަރައްޤީކުރަމުން އަންނަ ފިންގަރ ޖެޓީ މަޝްރޫޢުގެ 15 މީޓަރުގެ ޖެޓީތަކުގައި ކޮންކްރީޓް އެޅުމުގެ މަރުޙަލާ ފެށުމަށް ތައްޔާރަށް ތިބި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިހާރު ކުރިއަށް ދަނީ ޖެޓީގެ ތަނބުތައް ޖެހުމާއި ދަގަނޑު އެޅުމުގެ މަސައްކަތް ކަމަށެވެ. އެ ދެ މަރުޙަލާ ނިމުމާ އެކު އަންނަ ހަފުތާ ތެރޭގައި ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް އެ ކުންފުނިން ލަފާކޮށްފައިވެއެވެ.

ޖުމްލަ 18.98 މިލިޔަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢުގެ ދަށުން ހެދުމަށް ރާވާފައި ވަނީ 25 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީއެވެ.

އެމްޓީސީސީން ފާހަގަކުރި ގޮތުގައި މި ޖެޓީތައް ނިމުމުން ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ގިނަ އުޅަނދުތަކަކަށް އެއް ފަހަރާ ޖެޓީ ބޭނުންކުރެވޭނެއެވެ. މިހާރު ބޭރުގައި އޮންނަ ލޯންޗަކަށް އެރުމަށް މަގަތުގައި އޮންނަ ލޯންޗުން އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން ދާން ޖެހޭ ތަކުލީފު މި މަޝްރޫޢާ އެކު ނިމުމަކަށް އަންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިންނާއި އިސް ރައްވެހިން އަދި ލަގެޖު ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ވެސް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ޖެޓީތައް ބޭނުންކުރެވެން ފެށުމުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އެރުމާއި ފޭބުމުގައި ދަތުރުވެރިންނަށް އިތުރު ރައްކާތެރިކަން ކަށަވަރުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.