ކޭޓީ ޒަކާރިއާ ފަސް ދުވަސް ނުވަނީސް ޕްރެސް ސެކްރެޓަރީ މަގާމުން ވަކިކޮށްފި
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ ޒަކާރިއާ، އޭނާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމަށްފަހު ފާޑުކިޔުންތަކެއް ކުރިމަތިލުމާއެކު، މަގާމާ ހަވާލުވިތާ ފަސް ދުވަސް ނުވަނީސް އެ މަގާމުން ވަކިކޮށްފިއެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ ޒަކާރިއާ، އޭނާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމަށްފަހު ފާޑުކިޔުންތަކެއް ކުރިމަތިލުމާއެކު، މަގާމާ ހަވާލުވިތާ ފަސް ދުވަސް ނުވަނީސް އެ މަގާމުން ވަކިކޮށްފިއެވެ.
ޒަކާރިއާ ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރީ އަންގާރަ ދުވަހުއެވެ. 15 މިނެޓު ދެމިގެން ދިޔަ އެ ބައްދަލުވުމުގައި އޭނާ ޖަވާބު ދީފައިވަނީ ހަމައެކަނި ތިން ނޫސްވެރިއެއްގެ ސުވާލަށެވެ.
އެ ބައްދަލުވުމުގައި ޒަކާރިއާ ހުރީ ފާޅުގައި ފެންނަ ވަރަށް ހާސްވެފައެވެ. އޭނާ ވާހަކަ ދެއްކީ ނޯޓު ފޮތަކުން ނުކުތާތައް ކިޔަމުން ކަމަށާއި، ދައްކަން ނުޖެހޭ ބައެއް ވާހަކަތައް ވެސް ދެއްކި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ބައްދަލުވުމަށްފަހު މީޑިއާގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެ، ފަހުން އައި ދުވަސްތަކުގައި އޭނާގެ ތަޖުރިބާއާއި ސެޓިފިކެޓްތަކާ މެދު ނޫސްތަކުން ސުވާލު އުފައްދަމުން ދިޔައެވެ. ނޫސްވެރިން ސުވާލުކުރުމުން، ޤާނޫނީ ވަކީލުކަމުގެ ބާ އެގްޒާމް ފާސްނުވާ ކަމަށް ޒަކާރިއާ ވެސް އެއްބަސްވިއެވެ. ނަމަވެސް، ޗައިނާގައި ބައިނަލްއަޤުވާމީ ވިޔަފާރީގެ ޤާނޫނީ ދާއިރާގައި އެކަށީގެންވާ ސެޓިފިކެޓްތަކާއެކު މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ބަޔާނެއްގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، ޒަކާރިއާ ބޭނުންނުވާނަމަ މަގާމުގައި ކޮންމެހެން މަޑުކުރަން މަޖުބޫރެއް ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް