މައިގަނޑު ބަޔަށް ދާން

ހަބަރު

ރާއްޖޭގެ އިންވެސްޓަރުންނާ ދެކޮޅަށް ދޮގު ވާހަކަ ފެތުރުން ހުއްޓާލަން ސައީދު އެދިއްޖެ

ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ބިރުދައްކައި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލުމަށް އިޤްތިޞާދީ މިނިސްޓަރު، ރަސްމާލޭ މަޝްރޫޢާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ކުރެއްވި ޕޯސްޓަކުން އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖޭގެ އިންވެސްޓަރުންނާ ދެކޮޅަށް ދޮގު ވާހަކަ ފެތުރުން ހުއްޓާލަން ސައީދު އެދިއްޖެ

ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ބިރުދައްކައި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލުމަށް އިޤްތިޞާދީ މިނިސްޓަރު، ރަސްމާލޭ މަޝްރޫޢާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ކުރެއްވި ޕޯސްޓަކުން އިލްތިމާސްކުރައްވައިފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށްޓަކައި އިންވެސްޓަރުން އަމާޒުކޮށްގެން ކުރާ އަމަލުތައް ހުއްޓާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ކަންކަމުގެ ހަގީގަތް ނުބަލާ ދޮގު ޚަބަރާއި ނަފުރަތު އުފެދޭ ވާހަކަ ފެތުރުން ވަގުތުން ހުއްޓާލުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި ވާދަވެރިކަން އޮންނަ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. ދޮގު މަޢުލޫމާތު ފެތުރުމުން ރާއްޖެއާ ވާދަކުރާ ފަރާތްތަކަށް ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ލިބިދާނެ ކަމަށާއި، ޒިންމާދާރުކަން ކުޑަ މިފަދަ އަމަލުތަކުން ޤައުމަށް ގެއްލުން ލިބިދާނެތީ އެކަމާ މެދު ކަންބޮޑުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ ކޮންމެ ވިޔަފާރިއެއް ހިނގަމުން ދާނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ދާއިރާގެ ތެރޭގައި ކަމަށް ސައީދު ވިދާޅުވިއެވެ. ޤާނޫނާ ޚިލާފު އެއްވެސް އަމަލަކަށް ޖާގަ ނުދެވޭނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.

ސަރުކާރުން ރަސްމާލެ ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، އިދިކޮޅުގެ ބައެއް ފަރާތްތަކުން އެ ކުންފުންޏަކީ ޔަހޫދީންނާ ގުޅިފައިވާ ފަރާތެއް ކަމަށް ތުހުމަތުކޮށް ސަރުކާރަށް ފާޑުކިޔަމުން ދަނީއެވެ. އެ ތުހުމަތުތައް ސަރުކާރާއި އީގަލް ހިލްސްއިން ދޮގުކޮށްފައިވެއެވެ. އެ މަޝްރޫޢުގެ ސަބަބުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބި، ދިވެހިންނަށް އެތައް ހާސް ވަޒީފާއެއް ލިބިގެންދާނެ ކަމަށް ސަރުކާރާއި އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.