ސޯޝަލް މީޑިއާގައި ދަރިވަރަކަށް އެހެން ދަރިވަރުން ބުލީކުރާ ވީޑިއޯއެއް ފެނިއްޖެ
ދަރިވަރަކަށް އެހެން ދަރިވަރުން ބުލީކޮށް އަނިޔާކުރާ މަންޒަރެއް މިއަދު ސޯޝަލް މީޑިއާއަށް އަރާފިއެވެ.
ދަރިވަރަކަށް އެހެން ދަރިވަރުން ބުލީކޮށް އަނިޔާކުރާ މަންޒަރެއް މިއަދު ސޯޝަލް މީޑިއާއަށް އަރާފިއެވެ.
ވީޑިއޯގައި ފެންނަނީ އެއް ދަރިވަރަކަށް އެހެން ދަރިވަރުން އަނިޔާކުރާ މަންޒަރެވެ. އަނިޔާ ލިބޭ ކުއްޖާ ކަކޫ މައްޗަށް ތިރިވެގެން އާދޭސްކުރާ ކަމަށް ވެސް ވީޑިއޯއިން ފެނެއެވެ.
މި ހާދިސާއާ ގުޅިގެން ލިޔުނު ލިޔުމެއްގައި ބުނެފައިވަނީ މި ފަދަ ކަންކަން ތަކުރާރުވަމުން ދަނީ ބެލެނިވެރިން، މުދައްރިސުން، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި ހުރިހާ ސިޔާސީ ޕާޓީތަކުގެ ސަބަބުން މުޅި މުޖުތަމަޢު ފެއިލްވެފައިވާތީ ކަމަށެވެ. ދަރިވަރުން ކުށެއް ކުރިޔަސް އަދަބު ނުދެވޭ ހިސާބަށް ދިއުމުގެ ނަތީޖާ މިހާރު ފެންނަ ކަމަށާއި، އެއީ އަނިޔާވެރި އަދަބެއް ނޫން ކަމަށާއި، "އުމުރާއި ގުޅޭ އަދަބެވެ" ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.
"ކަމެއް ރަނގަޅުކުރުމަށް އެޅޭނެ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ފިޔަވަޅަކީ ކުށެއް ކުރެވިއްޖެކަން ގަބޫލުކުރުމެވެ،" އެ ލިޔުމުގައިވެއެވެ.
ބެލެނިވެރިންނާއި މުދައްރިސުންނާއި ސްކޫލް ހިންގާ ފަރާތްތަކާއި ކަމާ ގުޅޭ ހުރިހާ އިދާރާއެއް އެއް މޭޒަކަށް އައިސް މި މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރަން ޖެހޭ ކަމަށް ވެސް އެ ލިޔުމުގައި ގޮވާލާފައިވެއެވެ. އެހެން މީހުންނަށް އިޙްތިރާމްކުރާ، އެމްޕަތީ ހުރި ޒުވާނުން އުފެއްދުމަކީ ޤައުމުގެ މުސްތަޤުބަލަށް މުހިންމު ކަމެއް ކަމަށް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް