މައިގަނޑު ބަޔަށް ދާން

ހަބަރު

މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ޖުމްލަ 2,379 އެކްސިޑެންޓް ރިޕޯޓުކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި 2,000 އަށްވުރެ ގިނަ އެކްސިޑެންޓް ހިނގައި، އޭގެ ތެރެއިން 96 ހާދިސާ ހިނގީ މި މަހު ކަމަށް ފުލުހުންގެ ތަފާސް ހިސާބުން ހާމަކޮށްފިއެވެ.

މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ޖުމްލަ 2,379 އެކްސިޑެންޓް ރިޕޯޓުކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި 2,000 އަށްވުރެ ގިނަ އެކްސިޑެންޓް ހިނގައި، އޭގެ ތެރެއިން 96 ހާދިސާ ހިނގީ މި މަހު ކަމަށް ފުލުހުންގެ ތަފާސް ހިސާބުން ހާމަކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ޝާއިޢުކުރި ތަފާސް ހިސާބުގައިވާ ގޮތުން، މި އަހަރު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2,379 އެކްސިޑެންޓެވެ. މި އަހަރު ފުލުހުންނަށް ޖުމްލަ 9,912 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ދެވަނައަށް އެންމެ ގިނަ މައްސަލަތަކަކީ އެކްސިޑެންޓުތަކެވެ.

އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ ކުށުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރު ވައްކަމުގެ 2,753 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވެފައިވާއިރު، ނުރައްކާތެރި ގޮތުގައި އުޅަނދު ދުއްވުން ހުއްޓުވުމަށް ފުލުހުން ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި މަހުގެ ފުރަތަމަ ދުވަހު ތަންފީޒުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުން، މަގުމަތީގެ ޤަވާޢިދާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތައް ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

އެ ޤާނޫނުގައިވާ ގޮތުން، ރަޖިސްޓަރީ ނުކޮށް ނުވަތަ ޤަވާޢިދާ ޚިލާފަށް އުޅަނދު ދުއްވާ މީހަކަށް ފުރަތަމަ ފަހަރަށް 500 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. ދެވަނަ ފަހަރަށް 750 ރުފިޔާއިން ޖޫރިމަނާކުރެވޭއިރު، ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކަށް 1,000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

އެކްސިޑެންޓުތައް އިތުރުވުމާ ގުޅިގެން، ފުލުހުން ހާޒިރުކޮށް ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ދާދިފަހުން ނިންމާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.