އިސްލާމިކް މިނިސްޓްރީން ޒަކާތާއި ވަގުފުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް ރާވައިފި
ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް، ޒަކާތުގެ ފަންޑުތަކާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމުގެ އަމާޒެއް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް، ޒަކާތުގެ ފަންޑުތަކާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމުގެ އަމާޒެއް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެ މިނިސްޓްރީން ބުނީ، މި އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ ޚަރަދުކުރާނީ މިނިސްޓްރީގެ އިދާރީ ހިންގުމާއި އިސްލާމީ ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށެވެ. ނަމަވެސް މި ފައިސާއިން މުވައްޒަފުންގެ މުސާރަ ނުދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ޒަކާތުގެ ފައިސާ ޚަރަދުކުރާނީ ޝަރުޢީ ހަމަތަކާ އެއްގޮތަށެވެ. ވަގުފް އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ ބޭނުންކުރާނީ އެ މަޝްރޫޢުތައް ޚާއްޞަކޮށްފައިވާ މަޤްޞަދުތަކަށް އެކަނި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މި އާމްދަނީއިން މިސްކިތްތައް ބިނާކޮށް މަރާމާތުކުރުމާއި، އިސްލާމީ ތަޢުލީމު ފުޅާކުރުމާއި، އިމާމުންނާއި ދީނީ ޢިލްމުވެރިންނަށް އެހީތެރިވުމަށް ބޭނުންކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ކީރިތި ޤުރުއާން ކިޔަވައިދިނުމުގެ ފުރުސަތުތައް ފަހިކުރުމާއި، މުޖުތަމަޢުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުތަކަށް ވެސް މި ފައިސާ ޚަރަދުކުރާނެ ކަމަށެވެ.
މި ފިޔަވަޅުން ދީނީ ކަންކަން ކުރިއަރުވުމުގައި މިނިސްޓްރީގެ މުއައްސަސާތީ ޤާބިލުކަން ދިގު މުއްދަތަކަށް ބޮޑުވާނެ ކަމަށާއި، މިއީ އަންނަން އޮތް ޖީލުތަކަށް ދެމިއޮންނަ ތަރިކައެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ރޭވުމުގެ ދަށުން، 2028 ވަނަ އަހަރާ ހަމައަށް ވަގުފްގެ އަށް މަޝްރޫޢެއް ނިންމުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް