މައިގަނޑު ބަޔަށް ދާން

ހަބަރު

ސަބްސީ ޑީސެލިނޭޝަން ޤާއިމުކުރުމަށް އެމްޑަބްލިއުއެސްސީން ފީސިބިލިޓީ ދިރާސާއެއް ފަށައިފި

މާލެ ސަރަޙައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރެވިދާނެތޯ ބެލުމަށް، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީން ޢަމަލީ ދިރާސާއެއް ފަށައިފިއެވެ.

ސަބްސީ ޑީސެލިނޭޝަން ޤާއިމުކުރުމަށް އެމްޑަބްލިއުއެސްސީން ފީސިބިލިޓީ ދިރާސާއެއް ފަށައިފި

މާލެ ސަރަޙައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރެވިދާނެތޯ ބެލުމަށް، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީން ޢަމަލީ ދިރާސާއެއް ފަށައިފިއެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނީ، "ސަބްސީ ޑީސެލިނޭޝަން" ކަމަށް ކިޔާ ޓެކްނޮލޮޖީ ރާއްޖެއަށް ގެނައުމަށް ދިރާސާކުރަނީ ޤައުމީ ފެންވަރުގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގެ ހިންގުން ހަރުދަނާކުރުމާއި، ދެމެހެއްޓެނިވި ޢުމްރާނީ ތަރައްޤީއަށް ބާރުއެޅުމަށް ކަމަށެވެ. 2040 ވަނަ އަހަރަށް ރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ޙާޞިލުކުރުމަށް އެހީތެރިވުމަށް ކުރާ މުހިންމު މަސައްކަތެއްގެ ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ފީސިބިލިޓީ ދިރާސާގެ ތެރެއިން، ފްލޯޝަން ކުންފުނީގެ ފަންނީ ޓީމުން ކަނޑުގެ 500 މީޓަރު އަޑިން ފެނުގެ ސާމްޕަލް ނަގާފައިވެއެވެ. ފުރަތަމަ ބެލުމުން ވެސް އެ ފެނަކީ އާދައިގެ މިންވަރަށްވުރެ ސާފު ފެނެއްކަން ފާހަގަކުރެވުނު ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. ލެބޯޓަރީ ތަޙުލީލުތަކުން މިކަން ކަށަވަރުވެއްޖެނަމަ، ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ ފެންވަރު ރަނގަޅު ޤުދުރަތީ މަޞްދަރުތަކުގެ ތެރޭގައި އެ ފެން ހިމެނޭނެ ކަމަށެވެ.

ފްލޯޝަންގެ ޓެކްނޮލޮޖީ ފަރުމާކޮށްފައިވަނީ ކަނޑުއަޑީގެ ޠަބީޢީ ޕްރެޝަރު ނުވަތަ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ނިޒާމު ހިންގޭ ގޮތަށެވެ. މިގޮތުން ކަރަންޓު ޚަރަދު 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފެން އުފެއްދުމުގައި ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެއްޓަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.