މައިގަނޑު ބަޔަށް ދާން

ހަބަރު

އޯއައިސީ ބައްދަލުވުމުގެ ހަވާސާގައި އިރުތިޝާމް މިސްރުގެ ޚާރިޖީ މިނިސްޓަރާ ބައްދަލުކޮށްފި

ރާއްޖޭގެ ޚާރިޖީ މިނިސްޓަރު، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައި މިސްރުގެ ޚާރިޖީ މިނިސްޓަރާ ބައްދަލުކުރައްވައިފިއެވެ.

ޚާރިޖީ މިނިސްޓަރު އިރުތިޝާމް ޢާދަމް ބައްދަލުވުމުގެ ފުރުޞަތު ލިބިވަޑައިގަތީ މިސްރުގެ ޚާރިޖީ މިނިސްޓަރު ބަދުރް ޢަބްދުލްލާތީއާއެވެ. އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ އޯއައިސީގެ ޚާރިޖީ މިނިސްޓަރުންގެ 52 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިންނެވެ.

ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށެވެ. ދެ ޤައުމަށް ފައިދާ ކުރާނެ ބައިނަލްއަޤުވާމީ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ މިނިސްޓަރު ވިދާޅުވިއެވެ.

ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމާއި، އިތުރު ދާއިރާތަކުން އެކުގައި މަސައްކަތްކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު އިރުތިޝާމް ވިދާޅުވިކަމަށް ޕީއެސްއެމް ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.