މައިގަނޑު ބަޔަށް ދާން

ހަބަރު

ބްރިޖު ހައިވޭގައި ފުލުސް އޮފިސަރަކަށް ސައިކަލުން ޖެއްސި މައްސަލައިގައި ހަތަރު މީހަކު ބަންދުކޮށްފި

ސިނަމާލެ ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރަކަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހަކު ފަސް ދުވަހަށް ބަންދުގައި ބަހައްޓަން މިއަދު ކޯޓުން އަމުރުކޮށްފިއެވެ.

ބްރިޖު ހައިވޭގައި ފުލުސް އޮފިސަރަކަށް ސައިކަލުން ޖެއްސި މައްސަލައިގައި ހަތަރު މީހަކު ބަންދުކޮށްފި

ސިނަމާލެ ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރަކަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހަކު ފަސް ދުވަހަށް ބަންދުގައި ބަހައްޓަން މިއަދު ކޯޓުން އަމުރުކޮށްފިއެވެ.

ބަންދުގެ މުއްދަތު ޖަހާފައިވަނީ އުއްދަޑިމާގެ / ހދ. ކުޅުދުއްފުށި، ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20) އާއި މަލަ / ކ. ގާފަރު، އަޙްމަދު ސިނާޒް (30) އަށެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތުކޮށް ފަހުން ހައްޔަރުކުރި 21 އަހަރުގެ ދެ ފިރިހެނަކަށް ވެސް ބަންދުގެ މުއްދަތު ޖަހާފައިވެއެވެ. އެ ހަތަރު މީހުން ކޯޓަށް ހާޒިރުކޮށްފައިވަނީ މިއަދު ހަވީރެވެ.

ސައިކަލު ދުއްވަމުން ދިޔައީ ޢަބްދުﷲ ސައްމާޙް ކަމަށާއި، އޭނާގެ ފަހަތުގައި އިށީނދެގެން ދިޔައީ އަޙްމަދު ސިނާޒް ކަމަށް ތުހުމަތުކުރެވެއެވެ. ހަތަރު މީހުންގެ ޔޫރިން ވަގުތީ ނަތީޖާއިން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވެއެވެ.

ހާދިސާ ހިނގީ މިއަދު ފަތިހު 04:29 ހާއިރު، ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދާ ލޭނުގައި ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވުމަށް ފުލުހުން ޖަހާފައިވާ ޗެކްޕޮއިންޓެއްގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވި ސައިކަލު ޗެކްޕޮއިންޓުގެ ބެރިކޭޑުގައި ޖެހުމަށްފަހު، އެތަނުގައި ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހުނީއެވެ.

ހާދިސާގައި އޮފިސަރުގެ މޫނުމައްޗަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އޮފިސަރުގެ ހާލަތު އަދި ހާމައެއް ނުކުރެއެވެ.

ފުލުހުންގެ ވެބްސައިޓުގައި ޝާއިޢުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރު މިހާތަނަށް 2,379 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ. މިއަހަރު ފުލުހުންނަށް ރިޕޯޓުކުރި ޖުމްލަ 9,912 މައްސަލައިގެ ތެރޭގައި ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތަކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.