މައިގަނޑު ބަޔަށް ދާން

ހަބަރު

ހޯމް މިނިސްޓަރާއި ޕީޖީގެ ޔަގީންކަމާއެކު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި

ހެންވޭރުގައި ރައްޔިތުންނަށް ދުއްތުރާކުރާ މީހެއްގެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ އިސް ފަރާތްތަކުން ދިނުމުން، ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ބީއެމްއެލްގެ ސްޕޯކްސްޕާސަން މިއަދު ނިންމާލައިފިއެވެ.

ހޯމް މިނިސްޓަރާއި ޕީޖީގެ ޔަގީންކަމާއެކު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި

ހެންވޭރުގައި ރައްޔިތުންނަށް ދުއްތުރާކުރާ މީހެއްގެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ އިސް ފަރާތްތަކުން ދިނުމުން، ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ބީއެމްއެލްގެ ސްޕޯކްސްޕާސަން މިއަދު ނިންމާލައިފިއެވެ.

ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ހަޅުތާލަށް ނިކުމެވީ، ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ މީހުންނަށް އަޙްމަދު ފައިރިޝް ނަމަކަށް ކިޔާ މީހަކު ތަކުރާރުކޮށް އުނދަގޫކުރާތީއެވެ. ކުޑަކުދިން ތިބިއިރުވެސް ހަޑިހުތުރު ބަހުން ވާހަކަދެއްކުމާއި، އެކި މީހުންނަށް ޖިސްމާނީ ގޮތުން ގޯނާކުރުން ވެސް ހިމެނޭ ކަމަށް ސައީދު ވިދާޅުވެއެވެ.

ހަޅުތާލު ފެއްޓެވީ ހެންވޭރު ޕޮލިސް ސްޓޭޝަނުގެ ތެރޭގައެވެ. އެތާނގައި 14 ގަޑިއިރު ހޭދަކުރެއްވުމަށްފަހު އެތަނުން ނުކުމެވަޑައިގަންނަން ޖެހުމުން، ހަޅުތާލު ކުރިއަށް ގެންދެވީ މަޖީދީމަގުގައި، ފުލުހުންގެ އިދާރާ ކައިރީގައެވެ.

ސައީދު ވިދާޅުވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ބޮޑު ޔަގީންކަމެއް ލިބިވަޑައިގަތުމުން ހަޅުތާލު ނިންމާލެއްވި ކަމަށެވެ. މިނިސްޓަރުގެ އެންގެވުމަށް، އިއްޔެއާ ހަމައަށް ފުލުހުންގެ އިދާރާގައި ބަންދުކޮށްފައި ހުރި ގިނަ މައްސަލަތަކެއް އަލުން ހުޅުވައި ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން ހުށަހެޅި ނަމަވެސް ރަސްމީކޮށް ލޮގް ނުކުރެވި ހުރި މައްސަލަތައް ލޮގްކުރުމުގެ ފުރުސަތު މިއަދު ލިބުނު ކަމަށާއި، އެ މައްސަލަތައް ލޮގްކުރުމަށްފަހު އާއިލާއާ މަޝްވަރާކޮށް ހަޅުތާލު ނިންމާލަން ނިންމެވި ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު އެޝުއަރެންސެއް މިނިސްޓަރ އިޙްސާން ދެއްވި. އަދި ޕީޖީން ވެސް ރޭގަ ވަރަށް ދަންވަރުގަ އަދި މިއަދުވެސް ގުޅުއްވާފަ މިކަމާއިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އަޅުގަނޑާ އަދި އަޅުގަނޑުގެ އާއިލާއަށް ދެއްވި،" ސައީދު ވިދާޅުވިއެވެ.

މި މައްސަލައިގައި އަޑުއުފުލި މީޑިއާތަކަށާއި ސޯޝަލް މީޑިއާގެ ފަރާތްތަކަށް ސައީދު ޝުކުރު އަދާކުރެއްވިއެވެ. ރޭގަނޑުން ފެށިގެން ހެނދުނާ ހަމައަށް އޭނާއާއެކު ވަގުތު ހޭދަކުރެއްވި އެ ދާއިރާގެ މަޖިލިސް މެންބަރު އިސްމާޢީލް ނިޒާރަށާއި، އާއިލާއާއި އަވަށްޓެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވެސް ސައީދު ޚާއްޞަކޮށް ޝުކުރު އަދާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.