މައިގަނޑު ބަޔަށް ދާން

ހަބަރު

އަހާ ފޯރަމްގެ ދިހަވަނަ ސެޝަނުގައި ތިން މިނިސްޓަރަކު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދޭނެ

ސަރުކާރުގެ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންނަށް ވަޒީރުންނާ ސީދާ ސުވާލުކުރެވޭ "އަހާ" ފޯރަމްގެ ދިހަވަނަ ފޯރަމް، ތިން މިނިސްޓަރަކު ބައިވެރިވެވަޑައިގެން މިރޭ ސަލްޓަން ޕާކުގައި ބާއްވަން ހަމަޖައްސައިފިއެވެ.

އަހާ ފޯރަމްގެ ދިހަވަނަ ސެޝަނުގައި ތިން މިނިސްޓަރަކު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދޭނެ

ސަރުކާރުގެ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންނަށް ވަޒީރުންނާ ސީދާ ސުވާލުކުރެވޭ "އަހާ" ފޯރަމްގެ ދިހަވަނަ ފޯރަމް، ތިން މިނިސްޓަރަކު ބައިވެރިވެވަޑައިގެން މިރޭ ސަލްޓަން ޕާކުގައި ބާއްވަން ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ބާއްވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ މިނިސްޓަރު ހަސަން ޒަރީރު އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ މިނިސްޓަރު އަލީ ޝަރީފެވެ.

ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައި ރޭގަނޑު 21:00 ގައި ފެށޭ ފޯރަމް ދެ ގަޑިއިރު ވަންދެން ކުރިއަށްދާނެއެވެ. ފޯރަމް އޮންނަ ތަނަށް ދާ މީހުންނަށް މިނިސްޓަރުންނާ ސީދާ ސުވާލުކުރެވޭނެއެވެ. މީގެ އިތުރުން ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ވެސް ސުވާލު ފޮނުވޭނެ ކަމަށް ބުނެފައިވެއެވެ. އޮންލައިންކޮށް ބައިވެރިވެވޭތީ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް، ބައިވެރިވާ މިނިސްޓަރުންގެ ދާއިރާތަކާ ގުޅޭ ސުވާލު ހުށަހެޅޭނެއެވެ.

ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ތަފްސީލުކޮށް ހާމަކުރުމަކީ މި ފޯރަމްގެ މަޤްޞަދެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އެންމެ އިސް ފަރާތްތަކުން ޖަވާބު ހޯދުމުގެ ފުރުސަތު ވެސް ފޯރަމުން ލިބިގެންދެއެވެ. ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރާއި މައްސަލަތައް ހައްލުކުރުމަށް ގެންގުޅޭ ވިސްނުމާ ބެހޭގޮތުން ވެސް ސުވާލުކުރެވޭނެއެވެ.

"އަހާ" ސިލްސިލާ ފޯރަމްތައް ފެށީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެއަށްފަހު މިހާތަނަށް ނުވަ ފޯރަމެއް ބާއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.