ރަސްދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި ތުހުމަތުގައި ނުވަ މީހަކު ހައްޔަރުކޮށްފި
އއ. ރަސްދޫގައި މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށް، އެ މީހުން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
އއ. ރަސްދޫގައި މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށް، އެ މީހުން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ރަސްދޫގެ ހަތް މީހަކާއި ހދ. ކުމުންދޫގެ އަންހެނެއް، އއ. ތޮއްޑޫގެ މީހެއް އަދި ބަންގްލަދޭޝްގެ ރައްޔިތެއް ހިމެނެއެވެ. އެ މީހުންނަށް ތުހުމަތުކުރެވިފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމާއި، ބޭނުންކުރުމާއި، ވިއްކުމުގެ ކުށުގައެވެ.
އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އޭގައި ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ބައިވެރިވިއެވެ. އޮޕަރޭޝަނުގެ ތެރޭގައި ރަސްދޫގެ 10 ގެއެއް ބަލައިފާސްކުރި ކަމަށާއި، އެ ގެތަކުން މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނުނު ކަމަށް ފުލުހުން ބުނެއެވެ.
ހުރިހާ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކާ އެކުގައެވެ. ބަންދުގެ މުއްދަތު ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާނާއި، ރިމާޒު މުހައްމަދު (29)، އަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
އަހްމަދު އިކުލީލް ބަންދުކޮށްފައިވަނީ ހަތް ދުވަހަށެވެ. މުހައްމަދު އުލްވާން ރަޝީދު (21)، އަހްމަދު އަރީފް އަދި އަހްމަދު މުހައްމަދު ފަސް ދުވަހަށް ބަންދުކޮށްފައިވާއިރު، ލީނާ މޫސާ (23) ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވަނީ ތިން ދުވަހަށެވެ.
މި މައްސަލައިގައި އެންމެ ދިގު މުއްދަތަކަށް ބަންދުކޮށްފައިވަނީ ހަތަރު މީހަކު 10 ދުވަހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް