މައިގަނޑު ބަޔަށް ދާން

ވިޔަފާރި

ޕެންޝަން ފަންޑު ފަސް އަހަރުތެރޭ 60 ބިލިއަނަށް އިތުރުކުރަން މަސައްކަތްކުރާނެ: ޔަޒްމީދު

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ފަންޑު ކުރިއަށް އޮތް ފަސް އަހަރުތެރޭ ދެގުނަކޮށް 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ހަނިމާދޫގައި ބާއްވާ ހަރަކާތެއްގައި ވިދާޅުވެފިއެވެ.

ޕެންޝަން ފަންޑު ފަސް އަހަރުތެރޭ 60 ބިލިއަނަށް އިތުރުކުރަން މަސައްކަތްކުރާނެ: ޔަޒްމީދު

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ފަންޑު ކުރިއަށް އޮތް ފަސް އަހަރުތެރޭ ދެގުނަކޮށް 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ހަނިމާދޫގައި ބާއްވާ ހަރަކާތެއްގައި ވިދާޅުވެފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު މި ވާހަކަ ވިދާޅުވީ، ހަނިމާދޫ ކައުންސިލާ ގުޅިގެން އެ އޮފީހުން ރާވާފައިވާ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕެންޝަން އޮފީސް ޤާއިމުކުރިފަހުން ވޭތުވެދިޔަ 17 އަހަރުތެރޭގައި ފަންޑަށް 30 ބިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށާއި، އޭގެ ތެރޭގައި މެންބަރުން ދައްކާ ކޮންޓްރިބިއުޝަނާއި އިންވެސްޓްމެންޓުން ލިބުނު ފައިދާ ހިމެނޭ ކަމަށް ޔަޒްމީދު ވިދާޅުވިއެވެ.

އެ ޢަދަދު ފަސް އަހަރުތެރޭ ދެގުނަކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒުތަކުގެ ތެރެއިން އެއް ކަމަށް ސީއީއޯ ވިދާޅުވިއެވެ. އެ އަމާޒު ޙާޞިލުކުރުމަށްޓަކައި އިންވެސްޓްކުރެވޭނެ އިތުރު ފުރުޞަތުތައް ހޯދައި ފަންޑު ފުޅާކުރުމާއި، މެންބަރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ލިބޭނެ ގޮތަށް އޮފީހުގެ ހިންގުމުގެ ނިޒާމު ތަރުތީބުކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި، ސްކީމުގައި ލާޒިމުން ބައިވެރިވާންޖެހޭ ބައެއް ފަރާތްތައް އަދިވެސް ބައިވެރިވެފައި ނުވާއިރު، އެ ފަރާތްތައް ޕެންޝަން ނިޒާމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރިއަށްދަނީއެވެ. އަދި ޕެންޝަން ދައްކަންޖެހޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށާއި، އެ ފައިސާ އަންނަ އަހަރުތެރޭ ރިކަވަރކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަރަކާތް ބޭއްވުމުގައި އެހީތެރިވެދެއްވި ހަނިމާދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ރައްޔިތުންނަށް ސީއީއޯ ޝުކުރު އަދާކުރެއްވިއެވެ.

3ޖެން ވޯކް ބާއްވަނީ މާލީ ހޭލުންތެރިކަން އިތުރުކޮށް، ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމާއި ރިޓަޔަރމަންޓަށް ތައްޔާރުވުމާ ބެހޭގޮތުން ޢާއިލާތަކުގެ މެދުގައި ހޭލުންތެރިކަން އާލާކުރުމާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ މަޤްޞަދުގައެވެ. އެ ހަރަކާތުން މުޖުތަމަޢުގެ ޢާއިލާތަކަށް އެއްތަނަކަށް ޖަމާވެ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ވެސް ފަހިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.