މައިގަނޑު ބަޔަށް ދާން

ހަބަރު

މަގުތަކުގައި ބިރުވެރިކަން އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެ ޤާނޫނެއް ނެތްތޯ ރަމީޒު ސުވާލުކޮށްފި

އާންމު މަގުތަކުގައި ހުތުރު ބަހުން ގޮވައި، މައިންނާއި ކުޑަކުދިންނަށް އުނދަގޫކޮށް ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް ނެތްތޯ، ސިޔާސީ ޕާޓީއެއްގެ ރައީސަކު ސޯޝަލް މީޑިއާގައި ހޯމް މިނިސްޓަރާ ސުވާލުކޮށްފިއެވެ.

މަގުތަކުގައި ބިރުވެރިކަން އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެ ޤާނޫނެއް ނެތްތޯ ރަމީޒު ސުވާލުކޮށްފި

އާންމު މަގުތަކުގައި ހުތުރު ބަހުން ގޮވައި، މައިންނާއި ކުޑަކުދިންނަށް އުނދަގޫކޮށް ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް ނެތްތޯ، ސިޔާސީ ޕާޓީއެއްގެ ރައީސަކު ސޯޝަލް މީޑިއާގައި ހޯމް މިނިސްޓަރާ ސުވާލުކޮށްފިއެވެ.

މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒު، ހޯމް މިނިސްޓަރު ޢަލީ އިޙްސާނާ ސުވާލުކޮށްފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ސުވާލުކޮށްފައިވަނީ، މަގުތަކުގައި ބާރުބާރަށް ހުތުރު އެއްޗެހި ގޮވައި، މައިންނާއި ކުޑަކުދިންނަށް ބިރުދައްކައި، އާންމުންނަށް ތުރާކުރާ މީހުންނާ މެދު ހަދާފައިވާ އެއްވެސް ޤާނޫނެއް ޤައުމުގައި ނެތީތޯއެވެ.

ހުރިހާ މީހަކަށް ވެސް އަނބިދަރިންނާ އެކު މަގުތަކުގައި ރައްކާތެރިކަމާ އެކު ހިނގާބިނގާވެ އުޅުމުގެ ފުރުސަތު ލިބެންވާނެ ކަމަށް ޤަބޫލުކުރާ ކަމަށް ވެސް ރަމީޒު ބުނެފައިވެއެވެ.

ރަމީޒު މި ސުވާލު ކުރީ، މާލޭގެ ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދިޔަ ދުވަސްވަރުއެވެ. ސައީދު ހަޅުތާލު ފެށީ ހެންވޭރު ޕޮލިސް ސްޓޭޝަނުގެ ތެރޭގައެވެ. 14 ގަޑިއިރު އެތަނުގައި ހޭދަކުރުމަށްފަހު ފުލުހުންގެ އެދުމުގެ މަތިން އެތަނުން ނިކުމެ، ފުލުހުންގެ އިދާރާ ކައިރީ މަޖީދީމަގުގައި އިނދެގެން އޭނާ ހަޅުތާލު ކުރިއަށް ގެންދިޔައެވެ. ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ ހަޅުތާލު ސައީދު ވަނީ ފަހުން ހުއްޓާލާފައެވެ.

ސައީދު ބުނެފައިވަނީ ފުލުހުން ހައްޔަރުކުރި ނަމަވެސް ހަޅުތާލު ކުރިއަށް ގެންދާނެ ކަމަށާއި، އޭނާއަށް ބޭނުންވަނީ މި މައްސަލައަށް ދާއިމީ ހައްލެއް ކަމަށެވެ. ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް މި މައްސަލަ ހައްލުކުރަން މަސައްކަތްކުރާތާ ދޮޅު އަހަރު ވެއްޖެ ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

މި މައްސަލައަކީ އަޙްމަދު ފައިރިޝް ނަމަކަށް ކިޔާ މީހެއްގެ ފަރާތުން އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތަކާ ގުޅޭ މައްސަލައެކެވެ. ރައްޔިތުން ބުނާ ގޮތުގައި ކުޑަކުދިން ތިބޭ ވަގުތުތަކުގައި ހުތުރު ބަހުން ވާހަކަ ދެއްކުމާއި، މަގުމަތިން ހިނގާ މީހުންނަށް ހަޅޭއްލެވުމާއި، މަގުމައްޗަށް ސައިކަލު ނެރެ ބަންދު ބޯޑުތައް ދަމައިގެން މަގު ބަންދުކުރުމާއި، ގެތަކަށް ކުނި އުކުމާއި، އޭނާ ދިރިއުޅޭ އިމާރާތުގެ ބެލްކަނީން މަގުމަތީގައި ތިބޭ މީހުންގެ ގަޔަށް ތެލާއި ފެން އުކުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.