ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތް އެމެރިކާ ހަލާކުކުރި: އަރާގްޗީ
ހަނގުރާމަ ނިންމާލުމަށް ކުރި ޑިޕްލޮމެޓިކް މަސައްކަތްތައް ހަލާކުކުރީ އެމެރިކާ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު، ބަގްދާދުގައި އިރާގުގެ ބޮޑުވަޒީރާ ބައްދަލުކޮށް ބުނެފިއެވެ.
ހަނގުރާމަ ނިންމާލުމަށް ކުރި ޑިޕްލޮމެޓިކް މަސައްކަތްތައް ހަލާކުކުރީ އެމެރިކާ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު، ބަގްދާދުގައި އިރާގުގެ ބޮޑުވަޒީރާ ބައްދަލުކޮށް ބުނެފިއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އިރާގުގެ ބޮޑުވަޒީރު އަލީ އަލް ޒައިދީއާ ބައްދަލުކުރީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ސައިޑްލައިންގައި ކަމަށް އީރާނުގެ ރަސްމީ ނޫސް އޭޖެންސީ އިރްނާއިން ރިޕޯޓުކޮށްފައިވެއެވެ. އެ ބައްދަލުވުމުގައި އަރާގްޗީ ބުނީ، އެއްބަސްވުންތައް މުގުރާލައި ބާރުގެ ބޭނުންކުރުމުގެ ސަބަބުން ހަނގުރާމަ ނިންމާލުމަށް ގާއިމުކުރި ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާ ކަމަށެވެ.
މުސްލިމް ދުނިޔެ ކުރިމަތިލާފައިވާ މައްސަލަތައް، ޚާއްޞަކޮށް ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމަށް އޯއައިސީގެ ޤާބިލުކަން ބޭނުންކުރުމުގެ މުހިންމުކަމަށް ވެސް އަރާގްޗީ ބާރުއަޅާފައިވެއެވެ. އަދި އީރާނާއި އިރާގުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް ވެސް އޭނާ ގޮވާލާފައިވެއެވެ.
ހުޅަނގު އޭޝިއާގައި ރައްކާތެރިކަން ނެތުމުގެ މައިގަނޑު ސަބަބަކީ އިސްތިއުމާރީ އިޒްރޭލު ކަމަށް ވެސް އަރާގްޗީ ބުނެފައިވެއެވެ.
ދެ ފަރާތުގެ މަޝްވަރާތަކުގައި ސައުދީ އަރަބިއްޔާއާއި ޔަމަނުގެ ދެމެދު ހިނގަމުންދާ ކުރިމަތިލުމާއި، ޔަމަނަށް ކަނޑުމަގުން އަޅާފައިވާ ބުރިޔާދު ނިންމާލުމަށް އެހީތެރިވެވޭނެ ގޮތްތަކާއި، ކެނޑުން ކުޑަކުރުމުގެ މަސައްކަތްތައް ވެސް ހިމެނުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް