ތަކުރާރުކޮށް މީހުންނަށް ގޯނާކުރާ މީހާ ކްރިމިނަލް ކޯޓުން 15 ދުވަހަށް ބަންދުކޮށްފި
ތަކުރާރުކޮށް މީހުންނަށް ގޯނާކޮށް، ބިރުދައްކައި، އުނދަގޫކުރާ މައްސަލައިގައި އިއްޔެ ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހަށް ބަންދުކޮށްފިއެވެ.
ތަކުރާރުކޮށް މީހުންނަށް ގޯނާކޮށް، ބިރުދައްކައި، އުނދަގޫކުރާ މައްސަލައިގައި އިއްޔެ ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހަށް ބަންދުކޮށްފިއެވެ.
ބަންދުކޮށްފައިވަނީ ހއ. ހޯރަފުށި، އަޙްމަދު ފައިރިޝް ނަމަކަށް ކިޔާ މީހެކެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި، ފައިރިޝް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަށް އިންކާރުކުރެއެވެ. އަދި އޭނާއަކީ ކުރިން ވެސް ބަންދުގެ ލޮގް އޮތް މީހެއް ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ފައިރިޝް ހައްޔަރުކުރީ، އޭނާގެ ސަބަބުން އާއިލާއާއި އަވަށްޓެރިންނަށް ވެސް އުނދަގޫތައް ކުރިމަތިވެ، ހައްލެއް ނުލިބޭތީ، އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ގެންދަނިކޮށެވެ. އެ ހަޅުތާލު ކުރިއަށް ގެންދިޔައީ މައްސަލައަށް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން ލިބެންދެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް