ރައީސް މުޢިއްޒު ދިހަ އަހަރަށް ފަހު ޕާކިސްތާނަށް ދަތުރުކުރާ ފުރަތަމަ ރައީސަކަށްވުމަށް ނިންމައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް، މި މަހުގެ 20 އިން 22 އަށް އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް، މި މަހުގެ 20 އިން 22 އަށް އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ދަތުރުފުޅު ކުރައްވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކަމަށެވެ. މިއީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި ދިވެހި ދައުލަތުގެ އިސްވެރިއަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ދަތުރުފުޅުގެ ތެރޭގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން، އެ ޤައުމުގެ އެހެނިހެން އިސްވެރީންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ދެ ޤައުމުގެ ވެރީންގެ ބައްދަލުވުންތަކުގެ އިތުރުން، ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.
ޕާކިސްތާނުގެ މީޑިއާތަކުން ބުނާ ގޮތުގައި، ރައީސްގެ ދަތުރުފުޅަށް އެ ޤައުމުން ބޮޑު ތައްޔާރީތަކެއް ހަދަމުން ގެންދެއެވެ. ދިގު މުއްދަތެއްގެ މެދުކެނޑުމަކަށް ފަހު، އަވައްޓެރި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގަތުމަކީ ވަރަށް ޚާއްޞަ އަދި ތާރީޚީ ކަމެއްގެ ގޮތުގައި އެ މީޑިއާތަކުން ސިފަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް