އެމްއެމްއޭއިން އެމްއެސް ފައިނޭންސް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
ފައިސާ ބަދަލުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުން ކަރަންސީ އެކްސްޗޭންޖް ކުންފުންޏެއް ޖޫރިމަނާކޮށް، އެ ކުންފުނީގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަދު ހިފަހައްޓައިފިއެވެ.
ފައިސާ ބަދަލުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުން ކަރަންސީ އެކްސްޗޭންޖް ކުންފުންޏެއް ޖޫރިމަނާކޮށް، އެ ކުންފުނީގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަދު ހިފަހައްޓައިފިއެވެ.
ފިޔަވަޅު އަޅާފައިވަނީ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑާ މެދުގައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ ކުންފުނި ޖޫރިމަނާކޮށްފައިވަނީ 5 ލައްކަ ރުފިޔާއިންނެވެ.
ޖޫރިމަނާއާއެކު، އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖިންގ ލައިސަންސް ވެސް އެމްއެމްއޭއިން ހިފަހައްޓާފައިވެއެވެ. އެ އޮތޯރިޓީން ބުނީ، މި ފިޔަވަޅަކީ މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން އަޅާފައިވާ ސްޕަވައިޒަރީ ފިޔަވަޅެއް ކަމަށެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ މުޢާމަލާތްތަކުގައި ގާނޫނާއި ގަވާއިދުތަކަށް ތަބާވެގެން ޢަމަލުކުރުމަށް އެމްއެމްއޭއިން ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައިވެއެވެ.
ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ތަންފީޒީ އިދާރާތަކާ ގުޅިގެން ކުރިއަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް