މައިގަނޑު ބަޔަށް ދާން

ހަބަރު

ސަގާފީ ތަރިކަ ގެއްލުމުން ޤައުމީ ވަންތަކަމާއި ޢިލްމު ގެއްލިގެންދޭ: މިނިސްޓަރު ހީނާ

ރާއްޖެ ފަދަ ޤައުމުތަކަށް ސަގާފީ ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ މުހިންމު ޢިލްމެއް ގެއްލިގެންދިއުން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ޗައިނާގައި ބޭއްވި ސަގާފީ ތަރިކައާ ބެހޭ ބައިނަލްއަޤުވާމީ ބައްދަލުވުމެއްގައި ވިދާޅުވެފިއެވެ.

ސަގާފީ ތަރިކަ ގެއްލުމުން ޤައުމީ ވަންތަކަމާއި ޢިލްމު ގެއްލިގެންދޭ: މިނިސްޓަރު ހީނާ

ރާއްޖެ ފަދަ ޤައުމުތަކަށް ސަގާފީ ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ މުހިންމު ޢިލްމެއް ގެއްލިގެންދިއުން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ޗައިނާގައި ބޭއްވި ސަގާފީ ތަރިކައާ ބެހޭ ބައިނަލްއަޤުވާމީ ބައްދަލުވުމެއްގައި ވިދާޅުވެފިއެވެ.

މިނިސްޓަރު ހީނާ ވަލީދު މި ވާހަކަ ފާހަގަކުރެއްވީ އޭޝިއަން އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް (އޭސީއެޗްއޭ) ގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ތަރިކަ ގެއްލުމަކީ ހަމައެކަނި އާސާރީ ތަނެއް ނެތިގެންދިއުމެއް ނޫން ކަމަށާއި، އެއީ ޤައުމީ ވަންތަކަމާއި ޖަމާޢީ ހަނދާންތައް ގެއްލިގެންދިއުން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ސަގާފީ ތަރިކައަކީ ޤައުމީ ވަންތަކަމުގެ މައިބަދަ ކަމަށް މިނިސްޓަރު ހީނާ ވިދާޅުވިއެވެ. އިންޑިއާ ކަނޑުގެ މެދުގައި އޮތް ޖަޒީރާ ޤައުމެއް ކަމުގައިވާ ރާއްޖެއަކީ ޒަމާނުއްސުރެ ކަނޑުދަތުރުގެ ގުޅުންތަކުން ބައްޓަންވެފައިވާ ޤައުމެއް ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ޤައުމީ ސިޔާސަތުތަކާއި މުއައްސަސާތަކަށް ގެނެވޭ އިޞްލާޙުތަކާއި ތަރައްޤީގެ ކަންކަން ބިނާވެފައިވަނީ އެ ދުރު ރާސްތާ ތަޞައްވުރަށް އިސްކަންދީގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދިވެހިންގެ މާދަރީ ބަހާއި އަމިއްލަ ޢިލްމާއި ރާއްޖެ ފަދަ ކުދި މުޖުތަމަޢުތަކުގެ ސަގާފީ ސިފަތައް ޑިޖިޓަލް ދުނިޔޭގައި ތަމްޘީލުވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ހީނާ ވިދާޅުވިއެވެ.

އޮކްޓޫބަރު 16 އިން 20 އަށް މިނިސްޓަރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި، އޭސީއެޗްއޭގެ ކައުންސިލް ބައްދަލުވުމުގެ އިތުރުން ހަތަރުވަނަ ލިއާންގްޖޫ ފޯރަމްގައި ވެސް އެކަމަނާ ބައިވެރިވެ ވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.