މައިގަނޑު ބަޔަށް ދާން

ހަބަރު

ރާއްޖެއަށް ދަރަނި ނުދެއްކޭނެ ހާލަތެއް ނާންނާނެ: މާލީ މިނިސްޓަރު

ރާއްޖެއަށް ދަރަނި ދެއްކުމުގައި ދަތިތަކެއް ނާންނާނެ ކަމަށާއި އިތުރު ޓެކުހެއް ތަޢާރަފުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް މާލީ މިނިސްޓަރު މިރޭ ބާއްވާފައިވާ ފޯރަމެއްގައި ވިދާޅުވެފިއެވެ.

ރާއްޖެއަށް ދަރަނި ނުދެއްކޭނެ ހާލަތެއް ނާންނާނެ: މާލީ މިނިސްޓަރު

ރާއްޖެއަށް ދަރަނި ދެއްކުމުގައި ދަތިތަކެއް ނާންނާނެ ކަމަށާއި އިތުރު ޓެކުހެއް ތަޢާރަފުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް މާލީ މިނިސްޓަރު މިރޭ ބާއްވާފައިވާ ފޯރަމެއްގައި ވިދާޅުވެފިއެވެ.

މާލީ މިނިސްޓަރު ހަސަން ޒަރީރު މިހެން ވިދާޅުވީ "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ފޯރަމްގައި މިނިސްޓަރު ވިދާޅުވީ، ދަރަނި ދެއްކުމުގައި ނުފުއްދޭވަރުގެ ބުރައެއް ނެތް ކަމަށެވެ. ދަރަނި ދެއްކުމުގައި މި ސަރުކާރުން ތަބާވާ ސިޔާސަތަކީ ދައްކަންޖެހޭ ފައިސާ ކުރިން އެނގި، ދުރާލާ އޭގެ ތައްޔާރީ ހެދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދަރަނި ދައްކަންޖެހޭނީ ބޭރު ފައިސާއިން ކަމަށް ވާތީ، ބޭރު ފައިސާ ލިބޭނެ މަގުތައް ޤާނޫނުތަކުގެ ތެރެއިން ފަހިކުރަމުން ގެންދާ ކަމަށް ޒަރީރު ވިދާޅުވިއެވެ. ހަމައެހެންމެ، ދަރަނި ދެއްކުމަށް ޚާއްޞަކޮށްފައިވާ ފަންޑަށް ފައިސާ ޖަމާކުރަމުން ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދަރަނީގެ ގޮތުގައި އެންމެ ގިނަ ފައިސާ ދައްކަންޖެހޭ އަހަރަކީ މި އަހަރު ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި އެވަރުގެ ބޮޑު އަދަދެއް ދައްކަންޖެހޭނެ ކަމެއް ނެތް ކަމަށެވެ. އެހެންކަމުން، މި އަހަރު ކުރިމަތިވި ފަދަ ގޮންޖެހުންތަކެއް ކުރިއަށް ނާންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި ދައްކަން ޖެހޭ ދަރަންޏަކީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީން މެނޭޖްކުރެވޭނެ ދަރަނިތަކެއް،" ޒަރީރު ވިދާޅުވިއެވެ.

ޓެކްސްގެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އާ ޓެކްސްތައް ތަޢާރަފުކުރުމުގެ ބަދަލުގައި މިހާރު ހުރި ޓެކްސްގެ ނިޒާމު ހަރުދަނާކުރުން ކަމަށެވެ. 2024 ވަނަ އަހަރު ޓެކްސްގެ ޤާނޫނަށް ގެނައި ބަދަލުތަކުގެ ތެރެއިން ޓެކްސްގެ މިންވަރު ބޮޑުކޮށްފައިވާ ކަމަށާއި، މިހާރު މަސައްކަތްކުރަނީ ޤާނޫނަށް ބަދަލުތައް ގެނެސް ޓެކްސްގެ ނިޒާމު ހަރުދަނާކޮށް، ޤާނޫނުގައި ހުރި ލޫޕްހޯލްތައް ބެއްދުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.