މާލޭގެ އާއިލީ ބިންތަކަށް ސަރުކާރުން އެއް މިލިއަން ރުފިޔާއާ ހަމައަށް އިކުއިޓީ ދޭން ނިންމައިފި
މާލޭގައި ހުރި އާއިލީ ބިމެއްގައި އެކަކަށްވުރެ ގިނަ މިލްކުވެރިން ގުޅިގެން އިމާރާތެއް ކުރާނަމަ، ހެލްޕް ޓު ބިލްޑް ސްކީމުގެ ދަށުން ބޮލަކަށް 200,000 ރުފިޔާގެ މަގުން 1,000,000 ރުފިޔާއާ ހަމައަށް ލޯނުގެ އިކުއިޓީ ހަމަޖައްސައިދޭން ސަރުކާރުން ނިންމައިފިއެވެ.
މާލޭގައި ހުރި އާއިލީ ބިމެއްގައި އެކަކަށްވުރެ ގިނަ މިލްކުވެރިން ގުޅިގެން އިމާރާތެއް ކުރާނަމަ، ހެލްޕް ޓު ބިލްޑް ސްކީމުގެ ދަށުން ބޮލަކަށް 200,000 ރުފިޔާގެ މަގުން 1,000,000 ރުފިޔާއާ ހަމައަށް ލޯނުގެ އިކުއިޓީ ހަމަޖައްސައިދޭން ސަރުކާރުން ނިންމައިފިއެވެ.
އެ ސްކީމާއި ހެލްޕް ޓު ބައި ސްކީމް ތަންފީޒުކުރުމަށް ހައުސިން މިނިސްޓްރީން މިއަދު މާލީ ހަތަރު އިދާރާއަކާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެ އިދާރާތަކަކީ ބީއެމްއެލް، އެމްއައިބީ، އެޗްޑީއެފްސީ އަދި އެމްއެފްއެލްސީއެވެ. އެ ދެ ސްކީމް ކުރިއަށް ގެންދަނީ މީހުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ތަޢާރަފުކުރި "ނެޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމް" ގެ ދަށުންނެވެ.
ހެލްޕް ޓު ބިލްޑް ސްކީމުގެ ދަށުން، ދިރިއުޅެން އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކު ލޯނު ހޯދުމުގައި ސަރުކާރުން އެހީތެރިވާނެއެވެ. އެ ސްކީމް އަމާޒުކޮށްފައިވަނީ މާލެއާއި އަތޮޅުތަކަށް ކަމަށްވާއިރު، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު އޭގައި ނުހިމެނެއެވެ.
އެ ސްކީމުގެ ދަށުން އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީއަށް 200,000 ރުފިޔާއާ ހަމައަށް ސަރުކާރުން އެހީ ދޭނެއެވެ. ގިނަ މިލްކުވެރިން ގުޅިގެން އިމާރާތްކުރާ ހާލަތްތަކުގައި ބޮލަކަށް 200,000 ރުފިޔާ ދިނުމުގެ އުސޫލު ހިންގާނީ ހަމައެކަނި މާލޭގެ ބިންތަކަށެވެ.
އެ އެހީއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެކެވެ. ނަމަވެސް 20 އަހަރުގެ ތެރޭގައި އެ އިމާރާތް ވިއްކައިފިނަމަ، ލިބުނު ފައިސާ އަނބުރާ ދައްކަން ޖެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް