މައިގަނޑު ބަޔަށް ދާން

ހަބަރު

ފަރެސްމާތޮޑާ ގެއެއްގައި ރޯވި އަލިފާނުން ކޮޓަރިއެއް އަނދައި، އެކަކަށް އަނިޔާކޮށްފި

ގދ. ފަރެސްމާތޮޑާގެ ގެއެއްގައި މިއަދު ފަތިހު ރޯވެ، އެ ގޭގެ ކޮޓަރިއެއް ވަރަށް ބޮޑަށް އަނދައި އެކަކަށް އަނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފަރެސްމާތޮޑާ ގެއެއްގައި ރޯވި އަލިފާނުން ކޮޓަރިއެއް އަނދައި، އެކަކަށް އަނިޔާކޮށްފި

ގދ. ފަރެސްމާތޮޑާގެ ގެއެއްގައި މިއަދު ފަތިހު ރޯވެ، އެ ގޭގެ ކޮޓަރިއެއް ވަރަށް ބޮޑަށް އަނދައި އެކަކަށް އަނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނާ ގޮތުގައި އެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ ކަމުގެ ރިޕޯޓު ލިބުނީ ފަތިހު 04:15 ހާއިރު ކަމަށެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަޙައްދަށް ދިޔައިރު، ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ރަށު ކައުންސިލާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވެއެވެ.

މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އަލިފާނުގެ ސަބަބުން އެ ކޮޓަރި ވަރަށް ބޮޑަށް އަނދައި ގެއްލުން ލިބިފައިވެއެވެ.

މިހާތަނަށް ކުރެވުނު ބެލުމުން، ހާދިސާ ހިނގަން މެދުވެރިވީ އެ ކޮޓަރީގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.